އައިސް ކްރީމް އަކީ ކުޑަކުދިން އަދި ބޮޑެތި މީހުންގެ މެދުގައިވެސް ވަރަށް މަގުބޫލު އެއްޗެކެވެ. އަދި ގިނަ ބަޔަކަށް ވަރަށް ކަމުދާ އެއްޗެއްވެސް މެއެވެ. މިއަދު މި ގެނެސްދެނީ އައިސްކްރީމް އިން ތައްޔާރު ކޮށްލާނެ އެއްޗެކެވެ.
މި އީ އައިސް ކްރީމް ފްލޯޓްއެވެ. މީ ބުއިން ތައްޔާރު ކުރުމުގައި އެންމެ ބޮޑަށް ބޭނުން ކުރާނީ އައިސް ކްރީމް ކަމުން އެމީހަކަށް އެންމެ ކަމުދާ ވައްތަރެއްގެ އައިސްކްރީމް ބޭނުން ކުރެވިދާނެއެވެ.
ބޭނުންވާނެ ތަކެތި:
- 2 އޮރެންޖު (ދިޔަ ކޮޅު )
- 1 ޖޯޑު އައިސް ކިއުބް
- 2 ސުކޫޕް ވެނީލާ އައިސްކްރީމް
- 1/2 ޖޯޑު ސްޕަރައިޓް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ އޮރެންޖު ދިޔަ ތައްޓައް އަޅާށެވެ. ދެން ސްޕްރައިޓް ކޮޅު އަޅައި ކިއުބް ކޮޅުވެސް އެއްކޮށްލާށެވެ. ދެން އައިސް ކްރީމް ކޮޅު އަޅައި ހޮޅިއެއް ބޭނުން ކޮށްގެން އެތިފޮދެއް ބޮލާށެވެ.