ރެސިޕީ 4: ޑާޓީ ބެރީސް

ރެސިޕީ 4: ޑާޓީ ބެރީސް

Author
ފާތިމަތު ނާވީ
13 މާރޗް 2024 10:45
0

މީ ތަފާތު ވައްތަރުގެ ބެރީ އިން ތައްޔާރު ކުރާ ބުއިމެކެވެ. މި ބުއިމުގައި 3 ނުވަތަ 4 ވައްތަރުގެ ބެރީ ހިމެނެއެވެ. އެހެން ކަމުން މީ ސިއްހަތަށް ވަރަށް ފައިދާ ހުރި ބުއިމެކެވެ. މީ ކުޑަކުދިން ނައްވެސް ވަރަށް ކަމުދާނެ ބުއިމެކެވެ.

ބޭނުންވާ ތަކެތި:

1/2 ޖޯޑު ސްޓްރޯ ބެރީ

1/2 ޖޯޑު ބުލޫ ބެރީ

1/2 ޖޯޑު މާލް ބެރީ

1/2 ޖޯޑު ރާސްބެރީ

1/2 ޖޯޑު މިލްކްޝޭކް ޕައުޑަރު

1/2 ޖޯޑު ފުލް ކްރީމް މިލްކް

1/4 ޖޯޑު ހަކުރު

ތައްޔާރު ކުރާނެ ގޮތް:

ހުރިހާ އެއްޗެއް މިކްސަރަށް އެޅުމަށްފަހު ރަނގަޅަށް ގިރައިލާށެވެ. ބޭނުން ނަމަ އައިސް ކިއުބް ވެސް އަޅާށެވެ. ނޫން ނަމަ އިފްތާރްގެ ކުރިން ފިނި ކޮށްލުމުން ވެސް ރަނގަޅުވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.