ކ. މާފުށީގައި ކަތިވަޅިއަކުން ހަމަލާދީ މީހަކު ޒަޚަމް ކޮށްލައިފި

ކ. މާފުށީގައި ކަތިވަޅިއަކުން ހަމަލާދީ މީހަކު ޒަޚަމް ކޮށްލައިފި

Author
ހުސެއިން
09 މާރޗް 2024 01:00
0

ކ. މާފުށީގައި ކަތިވަޅިއަކުން ހަމަލާދީ މީހަކު ޒަޚަމް ކޮށްލައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި ގޮތުގައި މާފުށީގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެގެން އުޅޭކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ފަތިހު 5:30 ހާއިރު އެވެ.

އޭގެ ފަހުން، މިއަދުގެ ވަގުތެއްގައިވެސް އަނެއްކާ ވެސް އިތުރު މާރާމާރީއެއް އެރަށުގައި ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ފަހުން ހިންގި މާރާމާރީއާ ގުޅިގެން ދިވެހި ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފައިވާއިރު، ހައްޔަރު ކުރި ދެ މީހުންނަކީ ފަތިހު ހިންގި މާރާމާރީގައި ވެސް ބައިވެރިވި ބައެއްކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

ރޭ ފަތިހު ހިނގި މާރާމާރީގައި އަނިޔާ ލިބިފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެ މީހާއަށް މާފުށީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނެސް އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލްގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.