ޔާމިންގެ އިސްތިއުނާފް ލަސްވެ މިނިވަން ނުވީ ޖަމީލް ވެރިކަމަށް ދަހިވެތިވެ، ރޭވި ހީލަތްތެރި ރޭވުމުގެ ސަބަބުން: އަދުރޭ

ޔާމިންގެ އިސްތިއުނާފް ލަސްވެ މިނިވަން ނުވީ ޖަމީލް ވެރިކަމަށް ދަހިވެތިވެ، ރޭވި ހީލަތްތެރި ރޭވުމުގެ ސަބަބުން: އަދުރޭ

Author
ހުސެއިން
09 މާރޗް 2024 01:19
0

ކޮރަޕްޝަނާއި މަނީ ލޯންޑަރުންގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ޔާމިންގެ އިސްތިއުނާފް ލަސްވެ އެމަނިކުފާނު މިނިވަން ނުވީ ޔާމިން އިސް ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވަމުން ގެންދަވާ ޑރ. ޖަމީލް ވެރިކަމަށް ދަހިވެތިވެ، ރޭވި ހީލަތްތެރި ރޭވުމުގެ ސަބަބުން ކަމުގައި، ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޓިކެޓްގައި މަހިބަދޫ ދާއިރާއަށް ވާދަ ކުރައްވަމުން ގެންދަވާ އަހުމަދު ތާރިގް ކެމްޕޭން ލޯންޗްކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބުދުއްރަހީމް ވިދާޅުވީ ވެރިކަމަށް އޮތް ދަހިވެތިކަމެއްގެ ބޮޑުކަމުން ޑރ. ޖަމީލް ގަސްތުގައި ރައީސް ޔާމިންގެ އިސްތިއުނާފް ލަސްކުރީ ކަމުގައެވެ.

ހަގީގަތަކީ އެބޭފުޅުންގެ ނުބައި ނުލަފާ ރޭވުންތެރިކަމުގެ ދަށުން މިއަދުވެސް އަޅުގަޑުމެންގެ ކުރީގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ އަބުދުﷲ ޔާމިން އަބުދުލްގައްޔޫމް ބަންދުގައި ހުންނަން ޖެހެނީ. ޑރ. ޖަމީލްގެ ހީލަތްތެރިކަމުގެ ދަށުން. ހީލަތްތެރި ރޭވުމުގެ ތެރެއިން. ވެރިކަމަށް އޮތް ދަހިވެތިކަމެއްގެ ބޮޑުކަމުން ގަސްތުގަ އިސްތިއުނާފް ލަސްކުރީ. މި ހަގީގަތަކީ.

އަދުރޭ ވިދާޅުވިއެވެ.

އަބުދުއްރަހީމް ވިދާޅުވި އެންމެ ފަހުވަގުތާއި ޖެހެންދެންވެސް އެބޭފުޅުން ތިއްބެވީ ކެނޑިޑޭޓް ނިންމައިގެން ކަމަށާއި، އެހެންނަމަވެސް ސުޕްރިމް ކޯޓުން ނިންމީ ޔާމިނަށް ކުރިމަތި ނުލެވޭނެކަަމަށް ކަަމަށެވެ. އެހާތަނުން އިންތިޚާބު ބޮއިކޮޓް ކުރަން ބޭނުން ނުވިކަމަށާއި، ރިޔާސީ އިންތިޚާބުގައި ކުރިޔަށްދާން ނިންމީ އޭރުގެ ލީޑަރު ވިދާޅުވި ގޮތަށް ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ ދެވަނަ އޮޕްޝަނެއް ހޯދުމަށްވެސް، ޕްލޭން އޭއައި ބީއާއި ސީއާއިވެސް ލިޔެފަ ފޮނުވީ އޭރުގެ ލީޑަރު ރައީސް ޔާމިން ކަމުގައެވެ.

އޭރު އަމަލުކޮށްފައިވަނީ އެއާ އެއްގޮތަށް ކަމަށާއި، ޚިޔާނާތްތެރިވެސް ނުވާކަމަށް ވިދާޅުވަމުން އަދުރޭ ވިދާޅުވީ އެހެންނަަމަވެސް، އިންތިޚާބު ބޮއިކޮޓް ނުކޮށް ޑރ. މުއިއްޒުއާއެކު ކުރިޔަށްދާން ނިންމީ ގައުމު މުހިންމު ވީމަ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.