ރައީސް ޔާމިންގެ އެންމެ ކައިރީގަ މިހާރު ހުރީ ޔާމިންއާ ފިރުއައުނާ އެއްވަރުކުރި މީހާ ކަމަށް ވިދާޅުވެ، ޓިއަރިޒަމް މިނިސްޓަރ އިބުރާހިމް ފައިސަލް ޔާމިނަށް ވަރަށް ބޮޑަށް ފާޑު ވިދާޅު ވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށްވެސް އެމަނިކުފާނުގެ ސަޕޯޓަރުން ވޯޓުދޭންޖެހޭ ހާލަތު އަތުވެދާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ދެއްވި ވާހަކަތަކަށް ރައްދު ދެމުން ފައިސަލް ވިދާޅުވީ މިހާރު ޔާމިންއާ އެންމެ ކައިރީގައި ގެންގުޅުއްވާ އެކަކީ ޑރ. ޖަމީލްކަމަށާއި އެއީ 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އެމަނިކުފާނަށް އެންމެ ޑެމޭޖު ދިން އެކަކު ކަމުގެވެ. އަދި ޖަމީލްއަކީ ޔާމިންއާއި ފިރުއައުނާ އެއްވަރުކުރި މީހާކަމަށް ވިދާޅުވެ ފައިސަލްވަނީ ޖަމީލަށް ވަރަށް ބޮޑަ ފާޑު ވިދާޅުވެފައެވެ. ފައިސަލް ވިދާޅުވީ ރައީސް ޔާމިންގެ އަރިހުގައި ދެން ދެން ހުރީ މަލީހް ޖަމާލް ކަމަށާއި، ޕީޕީއެމްގެ އާންމު މެންބަރުން އޭރު މަގުމަތީގައި މުޒާހަރާ ކުރިއިރު މަލީހް އިނީ ތިން އަހަރު ރައީސް އިބޫގެ ކެބިނެޓްގައި ވަގަށް ގޮވަން ކަމަށެވެ.
މިހާރު އެންމެ ކައިރީގައި ތި ގެންގުޅުއްވާ އެކަކީ ޑރ. ޖަމީލް. އެއީ 2018 ގައި [ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި] މަނިކުފާނަށް އެންމެ ޑެމޭޖު ދިން އެކަކު. އަދި މަނިކުފާނާއި ފިރުއައުނާ އެއްވަރުކުރި މީހާ. ދެން ހުރީ މަލީހް ޖަމާލް. އަޅުގަނޑުމެން އާންމު މެންބަރުން އޭރު މަގުމަތީގައި މުޒާހަރާ ކުރިއިރު މަލީހް އިނީ ތިން އަހަރު [ރައީސް] އިބޫގެ ކެބިނެޓްގައި މަނިކުފާނަށް ވަގަށް ގޮވަން.
ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ޖަމީލް އާއި މަލީހު މިހަރު ޢާޒީންނަށްވެ، ރައީސް މުއިއްޒުގެ ސަރުކާރުގައި ތިބި މީހުން ޔާމިނަށް މިހާރު ބާޢީންނަށް ވެފައިވާކަމުގައެވެ.
ޑރ. ޖަމީލްއަކީ ކުރިން ރައީސް ޔާމިނަށް ވަރަށް ހުތުރުބަހުން ފާޑުވިދާޅުވި ބޭފުޅެކެވެށ. އެންނަމަވެސް ޖަމީލް މިހާރު ވިދާޅުވަނީ ރައީސް ޔާމިންއަކީ ކުށެއް ނެތް މައުސޫމު ބޭފުޅެއް ކަމުގައެވެ.