ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ ނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ ނިޔާވެއްޖެ

Author
ހުސައިން
07 މާރޗް 2024 09:07
0

ހުޅުމާލޭގައި ފާއިތުވި އާދީއްތަ ދިވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެ، ހާލު ސީރިއަސްވެ ވަރުވާދެމުން އައި ޒުވާނާ ނިޔާވެއްޖެއެވެ.

ހާލު ސީރިއަސްވެ ވެންޓިލޭޓަރަށް ލައިފިއެވެ.

ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީގައި ޕާކުކޮށްފައި އޮތް އެތަނުގެ ވޭނެއްގައި ސައިކަލެއް ޖެހި މީހަކަށް ސީރިއަސް އަނިޔާތަކެއް އޭނާއަށް ފަރުވާ ދެމުން އައިސްފައިވަނީ ވެންޓިލޭޓަރުގައެވެ.

އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ފުލުހުން ބުނީ ހުޅުމާލޭ ގުލްއަލާމާ ހިންގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލު ގޮސް ވޭނުގައި ޖެހުމުން، ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވެ ސައިކަލް ވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނިކޮށް ފެނުނީ ހުޅުމާލެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް އާދީއްތަ ދުވަހުގެ ރޭ 2:30 ހާއިރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.