މަޖިލިސްެމްބަރުންންގެ ދަތްދޮޅި ދުއްވާލާނެކަމްށް ވިދާޅިވެވުނީ އެއީ އޭނާއަށް ނިސްބަތްކޮށް ކިޔާވަނަމަކަށް ވަތީ މަޖަޒީ ގޮތުން ކަމުގައި އާދަމް ޝަރީފް ވިދާޅި ވެއްޖެއެވެ. އާދަމް ޝަރީފް ކުރެއްވި ޓޫވީޓެއްގައި އޭނާ ވިދާޅުވީ ދަތްދޮޅި ދުއްވާލާނެކަމްށް ވިދާޅިވެވުނީ އެއްވެސް މީހަކަށް އަނިޔާއެއް ދިނުމުގެ މަގުސަދުގައި ނޫންކަމުގައެވެ.
މަޖިލިހުގެ މެމްބަރެއްގެ ގޮތުގައޮ މިހާރު އޭނަ ހުރިނަމަ، މިހާރު ތިބި މެމްބަރުންގެ ދަތްދޮޅި ދުއްވާނުލާ ނުހުރެވުނީސް ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ރައީސް މުއިއްޒު މ. ދިއްގަރަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީސަރުކާރަށް ހުރަސްއަޅައި ރައްޔިތުންގެ ހިދުމަތްތައް ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިވަގުތު އަމަލު ކުރަމުންދާ ގޮތުން އެ މެންބަރުންގެ ދަތްދޮޅި ދުއްވާ ނުލައި ހުރެވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ރައީސްގެ ތަސައްވަރާއި އެމަނިކުފާނުގެ ސިޔާސަތުތައް ތަންފީޒު ކުރަން ވަރަށް ގިނަ ގޮންޖެހުންތައް މަޖިލިހުގެ ތެރެއިން ކުރިމަތިވަމުން ދާއިދިއުމެވެ.
ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު މިއަދު އެތަނުގައި ހުރި ނަމަ، އެއިން މީހެއްގެ ދަތްދޮޅި ދުއްވައި ނުލައި ހުރެވޭނެބާއޭ.
އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގައި މިވަގުތު ތިއްބެވީ އޭނާއާ އެކު ވަރަށް ގާތުން މިދިޔަ ހަތަރު އަހަރު މަސައްކަތް ކުރެއްވި މެންބަރުން ކަމަށެވެ. އެހެންނަމަވެސް ، މިހާރު އެ ބޭފުޅުންގެ އަމަލުތައް ހުރި ގޮތުން، އެއިން ބޭފުޅެއްގެ ދަތްދޮޅި ދުއްވާ ނުލައި ކެތްކުރެވިދާނޭކަމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ.
މެމްބަރުންގެ ދަތްދޮޅި ދުއްވާލާނެކަމަށް ވިދާޅުވެ އާދަމް ޝަރީފް އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ ރައީސް ޔާމިންގެ ވެރިކަމުގައި އޭނާ ޑިފެންސް މިނިސްޓަރުކަމުގައި ހުންނަވަނިކޮށް އޭރުގެ ސަރުކާރާ ދެކޮޅަށް މަޖިލިހުހެ ތެރެއިން ޕާޓީ ބަދަލުކުރި 12 މެމްބަރުންނަށް އިންޒާރު ދެއްވަމުންނެވެ.