ބޮސްނިއާގެ ޕެނަލްޓީއެއް ނޮދަން އަޔަލޭންޑްގެ ކީޕަރު ދިފާއުކުރަނީ - ފޮޓޯ: އޭޕީ

ނޮދަން އަޔަލޭންޑުން ޔޫރޯއަށް ކޮލިފައިވުމާ ގާތަށް

ނޮދަން އަޔަލޭންޑުން ޔޫރޯއަށް ކޮލިފައިވުމާ ގާތަށް

ޔޫރޯ ކޮލިފައިންގައި ބޮސްނިއާ ބަލިކޮށް ނޮދަން އަޔަލޭންޑުން މުބާރާތައް ކޮލިފައިވުމާ ގާތަށް ޖެހިލައިފިއެވެ.

މުބާރާތުގެ ކޮލިފައިން ޕްލޭ އޯފްގައި ރޭ ކުޅުނު މެޗު ނޮދަން އަޔަލޭންޑުން ކުރި ހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު 1-1 އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު 30 މިނުޓުގައި ލަނޑެއް ނުޖެހި ޕެނެލްޓީގައި 4-3 ކުރިހޯދައިގެންނެވެ. ބޮސްނިޔާއިން މެޗުގެ 13 ވަނަ މިނިޓުގައި ލީޑު ނަގައިދިނީ ރޭޑް ކްރިންޗް ކާމިޔާބުކުރި ލަނޑުންނެވެ. ނޮދަން އަޔަލޭންޑަށް ނަތިޖާ ހަމަހަމަ ކޮއްދިނީ ދެވަނަ ހާފް ފަށައިގެން އަށްވަނަ މިނިޓްގައި ނިއޯލް މެކްގިންނެވެ.

މިއީ ނޮދަން އަޔަލޭންޑްގެ ކެޕްޓަން ޑޭވިސް ގައުމީޓީމަށް ކުޅުނު 120 މެޗެވެ. މިމޮޅާއެކު ކޮލިފައިން ޕްލޭ އޯފްގެ ފަހު މެޗުގައި އަންނަ ނޮވެންބަރު މަހު ނޮދަން އަޔަލޭންޑް ވާދަކުރާނީ ސްލޮވާކިޔާ އާ ދެކޮޅަށެވެ.

އަންނަ އާދީއްތަ ދުވަހު ޔޫއެފާ ނޭޝަންސް ލީގުގައި ނޮދަން އަޔަލޭންޑް، ނޯވޭއާ ދެކޮޅަށް ނުކުންނާނެއެވެ. މިމެޗުގައި ނޮދަން އަޔަލޭންޑުގެ 600 ސަޕޯޓަރުންނަށް ދަނޑަށް ވަނުމުގެ ހުއްދަ ދޭނެކަމަށް ރޭގެ މެޗުގެ ކުރިން އެ ގައުމުގެ އެފްއޭއިން ވަނީ ހާމަކޮއްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *