ރައީސް ޢަބްދުﷲ ޔާމީނަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނާ ބައްދަލުވުންވެސް ހަނގުރާމައެއް ކުރުންފަދަ ކަމަކަށްވެފައިކަމަށް އެމަނިކުފާނުގެ ފުރަތަމަ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވެފައިވަނީ، ކޯވިޑް-19އާއި ގުޅިގެން އެޗުޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމާއެކު، ރައީސް ޔާމީންގެ ވަކީލުންނަށް އެމަނިކުފާނާ ބައްދަލުވުމުގެ ފުރުސަތު މިއަދު ލިބިވަޑައިގަތުމާއި ގުޅިގެން ބައްދަލުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް މާފުށީ ޖަލުގައި ތަންފީޒްކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީންގެ ޤާނޫނީ ޓީމާއި އެމަނިކުފާނާއި ބައްދަލުކުރައްވުމަށްފަހު ޑރ.ޖަމީލް ވިދާޅުވީ، ޤާނޫނީ ވަކީލުންނާ ބައްދަލުވުންވެސް ރައީސް ޔާމީނަށް މިއޮތީ ހަނގުރާމައެއް ކުރުން ފަދަ ކަމަކަށްވެފައިކަމަށާއި، މި މަހު 6 ގައި ކޯޓް އަޑުއެހުމަށްފަހު ސަރުކާރުން ކުރިމަތިކުރި ޣައިރުޤާނޫނީ ހުރަސްތަކަށްފަހު މިއަދު އަލުން ބައްދަލުވުންތައް ފެށިފައިވާކަމަށެވެ. މިއީ ޑިމޮކްރެސީގެ ނަމަށްވެސް ހުތުރުކަމެއްކަމަށްވެސް ޖަމީލް ވަނީ ސިފަކުރައްވާފައެވެ.
ޤާނޫނީ ވަކީލުންނާ ބައްދަލުވުންވެސް ރައީސް ޔާމީނަށް މިއޮތީ ހަނގުރާމައެއް ކުރުން ފަދަ ކަމަކަށްވެފައި. މި މަހު 6 ގައި ކޯޓް އަޑުއެހުމަށްފަހު ސަރުކާރުން ކުރިމަތިކުރި ޣައިރުޤާނޫނީ ހުރަސްތަކަށްފަހު މިއަދު ވަނީ އަލުން ބައްދަލުވުންތައް ފެށިފައި. މިވަރު ވީމާ ޑިމޮކްރެސީގެ ނަމަށްވެސް ހުތުރު pic.twitter.com/pJSrwU2BGE
— Mohamed Jameel Ahmed (@MJameelAhmed) December 17, 2020
ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ މައްޗަށް ކުރިއަށްދާ ޝަރީއަތަށް ހޯމް މިނިސްޓްރީން ނުފުޒް ފޯރުވަމުން އަންނަކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ. ރައީސް ޔަމީނާއި އެކަނިކުފާނުގެ ވަކީލުން ބައްދަލުކުރާ ކޮންމެ ފަހަރަކު 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓެއް ހުށަހަޅަންޖެހޭ ކަމަށް ބުނެ މީގެ ކުރިން ކަރެކްޝަނަލް ސާރވިސްއިން ވަނީ ވަކީލުންގެ ބައްދަލުވުތައް ހުއްޓުވާފައިކަމަށް އިދިކޮޅުން ބުނެއެވެ.
ކޮމެންޓު ފޮނުވާ