މަޖިލިހުގެ ޖަލްސާއެއް މާދަމާ ބާއްވަނީ

މަޖިލިހުގެ ޖަލްސާއެއް މާދަމާ ބާއްވަނީ

Author
އަހުމަދު
04 މާރޗް 2024 12:59
0

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް ތާވަލްކޮށްފިއެވެ.

މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ނިންމި ކަމުގައި ވިޔަސް، ޖަލްސާގެ އެޖެންޑާއެއް އާންމެއް ނުކުރެއެވެ.

މަޖިލިހުގެ ޖަލްސާއެއް މި ބާއްވަނީ މަޖިލިހުގެ ޖަލްސާ ގަވައިދުން ނުބާއްވާ މައްސަލައިގައި ބައެއް މެމްބަރުން ކަންބޮޑުވުން ފާޅު ކުރައްވާފައި ވަނިކޮށެވެ. އެގޮތުން އެކަމާ މެދުގައި ކަންބޮޑުވުން ފާޅު ކުރެއްވި އެއް ބޭފުޅަކީ ދަ ޑިމޮކްރެޓްސްގެ ރައީސް އަދި މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު މަޖިލިހުގެ ޖަލްސާއެއް ބާއްވަން ޖެހެއެވެ.

ހަސަން ލަތީފް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނާ ދިވެހި ދައުލަތުގެ މަސްލަހަތާ ގުޅުންހުރި އަދި ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ޒިންމާތަކާ ގުޅުންހުރި އެތައް މަސައްކަތްތަކެއް މިހާރުވެސް ކުރަން ހުރި އިރު، މަޖިލީހުގެ ޖަލްސާތައް ހުއްޓުވާލެވިފައިވުމަކީ ނުހަނު ބޮޑު ގެއްލުމެއް ވާނެ ކަމެއް ކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.