ސައީދު، ރައީސްއަށް: ހުވަފެންތަކަށް ކަންކަންކުރުން ހުއްޓާލައްވާ އަސާސީ ހައްގުތައް ކަށަވަރުކޮށްދެއްވާ!

ސައީދު، ރައީސްއަށް: ހުވަފެންތަކަށް ކަންކަންކުރުން ހުއްޓާލައްވާ އަސާސީ ހައްގުތައް ކަށަވަރުކޮށްދެއްވާ!

Author
މުޙައްމަދު ޖިމީ
17 ޑިސެމްބަރ 2020 04:27
0

ފެންނަ ހުވަފެންތަކަށް ކަންކަންކުރުން ހުއްޓާލުމަށްފަހު އަމިއްލަ ޤައުމުގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދެއްވުމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ގޮވާލައްވައިފިއެވެ.

ކޯވިޑް-19ގައި ސްރީލަންކާގައި މަރުވާ ރާއްޖޭގައި ވަޅުލުމަށް އިންތިޒާމްތައް ހަމަޖެއްސުމަށް ކުރެވޭނެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން ސަރުކާރުން ހާމަކުރައްވާފައިވާއިރު، މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލުމާއި ދެކޮޅު ހައްދަވައިދެއްވާ، މުސްލިމުންގެ ހަށިތައް ލަންކާގައި ވަޅުލުމަށް ބާރުއަޅުއްވައި ދެއްވުމަށް ސްރީލަންކާގެ މުސްލިމުން ތަމްސީލް ކުރާ 18 ޖަމިއްޔާއަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

އެކަމަށް އިޝާރާތްކުރައްވާ ޕީއެންސީގެ ނާއިބު ރައީސް މުޙައްމަދު ސަޢީދު ވަނީ، ފެންނަ ހުޗަފެންތަކަށް ކަންކަން ކުރުން ހުއްޓާލުމަށްފަހު، އަމިއްލަ ޤައުމުގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދެއްވުމަށް ވަޤުތު ހުސްކޮށްދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ގޮވާލައްވާފައެވެ.

ރާއްޖޭގެ އަށަސީ ކަންކަމަށް ބޭނުންވާ ތަކެތި ގެނައުމަށް ބޭރުފައިސާ ނުލިބޭ. ސިޔާސީ ހޭދަވަނީ ބޮޑު

– ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޓެގްކުރައްވާ ސަޢީދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ސަޢީދު މިހެން ވިދާޅުވެފައިވާއިރު، ކޯވިޑް-19ގެ ބަލިމަޑުކަމުގައި ސްރީލަންކާގައި ނިޔާވާ މުސްލިމުން ރާއްޖޭގައިއި ވަޅުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްކުރައްވާކަމަށް ދިވެހި ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ، ކޯވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ބުނެ، ސްރީލަންކާ ސަރުކާރުން ވަނީ ދިވެހިރާއްޖޭގައި އެޤައުމުގެ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙަށް ސިޓީފުޅެއް ފޮނުއްވާފައެވެ.

އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިކަމާއިމެދު ރާއްޖޭގަިއ ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.