ރޯދައަށް އަސާސީ ތަކެތީގެ ދަތިކަމެއް ނާންނާނެ: ސައީދު

ރޯދައަށް އަސާސީ ތަކެތީގެ ދަތިކަމެއް ނާންނާނެ: ސައީދު

Author
ޙަސަން މުޙައްމަދު
27 ފެބްރުއަރީ 2024 04:31
0

ކުރިއަށް އޮތް ރޯދަމަހު ކާޑުގެ ބާވަތްތަކާއި އަސާސީ ތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ނާންނާނެ ކަމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އުތުރުގެ ހަތަރު އަތޮޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުށ. މިލަންދޫއަށް ވަަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، މި ސަރުކާރަށް ތިން މަސްވެގެން ދިޔައިރު ގިނަ މަސައްކަތްތަކެއް މިހާރު ކުރެވިފައި ވާކަމުގައެވެ.

އެގޮތުން، ރާއްޖެއަށް އަހަރު ދުވަހަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އޭގެ އިތުރުން ދިހަ ޕަސަންޓް އިތުރަށް ކާޑުގެ ބާވަތްތައް ތުރުކީން އެތެރެކުރެވޭނެ އިންތިޒާމުތައް ރައީސް މުއިއްޒު މިހާރު ހަމަޖައްސަވާފައިވާކަމަށް ސައީދު ވިދާޅިވިއެވެ. އަސި ސައީދު ވިދާޅުވީ، އެކުވެރި އެހެން ގައުމުތަކުންވެސް ކާޑުގެ ބާވަތްތައް ލިބޭނެ މަގު ފަހިވެފައިވާ ކަމަށެވެ.

އިތުރަށް ސައީދު ވިދާޅުވީ ރޯދައަށް ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދިނުމަށް ވޯކިން ކޮމިޓީއެއް ހަދައިގެން އެސްޓީއޯ އާއެކު  މަސައްކަތް ކުރަމުންދާކަމުގައެވެ.

އަޅުގަނޑުމެންގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ﷲގެ ވާގިފުޅާއެކު މި ރަމަޟާން މަހު ކާޑުގެ ބާވަތްތަކާއި އަސާސީ ތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމުތައް ރާވާފައި ހަމަޖައްސައި އަގު މައްޗަށް ނުގޮސް ބޭއްވުމަށްޓަކައި.

ސައީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.