ފިލްމްތަކާއި ޑްރާމާތަކުން އާއްމުންގެ މަގްބޫލްކަން ހޯދާފައިވާ ޝާކިރުބެ އުމުރުފުޅުން 85 އަހަރުގައި ނިޔާވެއްޖެ

ފިލްމްތަކާއި ޑްރާމާތަކުން އާއްމުންގެ މަގްބޫލްކަން ހޯދާފައިވާ ޝާކިރުބެ އުމުރުފުޅުން 85 އަހަރުގައި ނިޔާވެއްޖެ

Author
ހުސެއިން
27 ފެބްރުއަރީ 2024 01:53
0

ފިލްމްތަކާއި ޑްރާމާތަކުން އާއްމުންގެ މަގްބޫލްކަން ހޯދާފައިވާ އިބްރާހީމް ޝާކިރު ނުވަތަ ޝާކިރުބެ އުމުރުން އުމުރުފުޅުން 85 އަހަރުގައި ނިޔާވެއްޖެއެވެ. ޝާކިރުބެއަކީ ދިވެހި ފިލްމް އިންޑަސްޓްރީގައި އެންމެ ދިގުމުއްތަކަށް ޚިދުމަތްކޮށްދެއވާފައިވާ އެއް ފަންނާނެވެ. އަދި އޭނާވަނީ ޓީވީއެމްއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.

ޝާކިރުބެ ނިޔާވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ޝާކިރުބެގެ މައްޗަށް ކުރެވޭ ކަށު ނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

ޝާކިރުބެއަކި ދިވެހި ފިލްތަކާއި ޑްރާމާތަކުން އާންމުންގެ ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ފަރާތެކެވެ. އެގޮތުން އޭނާވަނީ އެތައް ފިލްމަކާއި އަދި ޑްރާމާއެއްގައި ތަފާތު ގިނަ ރޯލުތަކެއް ކުޅުއްވާފައެވެ.

ޝާކިރުބެއަކީ ޓެލެވިޒަން މޯލްޑިވްސް، ޓީވީއެމްއަށްވެސް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

އެގޮތުން ޓީވީއެމްގެ ޑިއުޓީ އޮފިސަރެއްގެ ވަޒީފާގައި ހުންނަވައިގެން ޓީވީއެމްއަށް ހިލޭ ސާބަހަށް ގިނަ މަސައްކަތްތަކެއް އޭނާ ކޮށްދެއްވާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.