އިސްލާމީ މަރުކަޒުން ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އިސްލާމީ މަރުކަޒުން ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

Author
ހުސެއިން
25 ފެބްރުއަރީ 2024 10:01
0

އިސްލާމީ މަރުކަޒުން ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

 

ފުލުހުން، އަހުމަދު ނިއުޝަމް (34އ) ހައްޔަރު ކޮށްފައިވަނީ ވައްކަން ކުރުމާއި ހުއްދަނެތް ތަނަކަށް ވަނުމުގެ ތުހުމަތުގައެވެ.

އޭނާ ކޯޓަށް ހާޒިރު ކުރުމުން ކޯޓިންވަނީ އޭނާގެ ބަންދަށް 15 ޖަހާދީފައެވެ.

އޭނާގެ ބަންދުގެ އަމުރުގައި، އިސްލާމީ މަރުކަޒުގައި ތަޅުލާފައި ހުންނަ ގުދަނެއްގެ ތެރެއަށް ފާރުމަތިން އަރައިގެން މީހަކު ވަދެ އުޅޭ ކަމަށާއި އެ މީހާ އެތަނުގެ ސެކިއުރިޓީން ހިފަހައްޓާފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމުން އެތަނަށް ދިޔައިރު އެތަނުގައި ހިފަހައްޓާފައިހުރީ އަހުމަދު ނިއުޝަމް ކަމަށް ހާދިސާ ރިޕޯޓުގައި ބަޔާންކޮށްފައިވާ ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.