ނަޝީދު ޝާހިދަށް މަރުހަބާ ވިދާޅުވެއްޖެ

ނަޝީދު ޝާހިދަށް މަރުހަބާ ވިދާޅުވެއްޖެ

Author
ހުސެއިން
21 ފެބްރުއަރީ 2024 01:20
0

އެމްޑީޕީގެ ރައީސްކަން ކުރީގެ ފޮރިން މިނިސްޓަރު ޝާހިދަށް ލިބިވަޑައިގަތުމުން އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހުސްވެފައިވާ ޕާޓީގެ ރައީސްގެ މަގާމު ޝާހިދަށް މިއަދު ލިބިވަޑައިގެންނެވީ އެ މަގާމަށް އިތުރު އެހެން އެއްވެސް ބޭފުޅަކު ކުރިމަތިނުލުމުންނެވެ.

"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސްކަން ލިބިވަޑައިގަތުމާއި ގުޅިގެން އަބްދުﷲ ޝާހިދަށް މަރުހަބާ،" ޝާހިދަށް މަރުހަބާ ވިދާޅުވެ އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭގެފަހުން އެމްޑީޕީގެ ރައީސްގެ މަގާމުގައި ވަގުތީ ގޮތުން ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެމްޑީޕީގެ ރައީސްކަމަށް އިންތިހާބުވުމާ ގުޅިގެން ޝާހިދު ވިދާޅުވީ އެމްޑީޕީގެ ރައީސް ކަމުގެ ޒިންމާއާ ހަވާލު ވަނީ ޕާޓީގެ މެމްބަރުންގެ ފުރިހަމަ އިތުބާރާ އެކު އާބާރެއްގައި ޕާޓީ ކުރިއަށް ގެންދަން ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ އުންމީދުތަކަށް އެމްޑީޕީ ކާމިޔާބު ހޯދާނެ،" ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.