އައްޑޫ ސިޓީ މަރަދޫގައި ހުރި ބައު ކާރުތަކެއްގައި ރޯވެއްޖެ

އައްޑޫ ސިޓީ މަރަދޫގައި ހުރި ބައު ކާރުތަކެއްގައި ރޯވެއްޖެ

Author
ހުސެއިން
19 ފެބްރުއަރީ 2024 08:58
0

އައްޑޫ ސިޓީ މަރަދޫގައި ހުރި ބައު ކާރުތަކެއްގައި ރޯވެއްޖެއެވެ.

އައްޑޫ ސިޓީ މަރަދޫ ބަރގަރ ޝައިން ކުރިމަތީ ބައުވެ، ހަލާކުވެފަހުރި ކާރުތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައިވާކަމަށް އެމެއެންޑީއެފްއިން ބުނެފައި ވެއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ މި ހާދިސާގެ ރިޕޯޓް މިއަދު 11:13 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، މިއަދު 11:45 ހާއިރު އަލިފާން ނިއްވާލާފައި ކަމުގައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓް ލިބިފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.