ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް މުޣުނީ ހުޅުމާލެ އަމީން އެވެނިއު އިން ދެވަނަ ފްލެޓެއް ބައްލަވައިގެންފިއެވެ.
ސިވިލް ކޯޓު ހުޅުމާލޭ ޑިވިޒަނުން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ ޙުކުމުގައި ވަނީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމީން އެވެނިއު ޓީކް އިން ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފްލެޓެއް ބައްލަވައިގެންފައިވާއިރު،އ ެއީ ސައްޙް ވިޔަފާރީގެ މުއާމަލާތެއްކަމަށެވެ. އަދި އެފްލެޓަކީ މުޣުނީގެ މިލްކެއްކަމަށް ކަނޑައަޅާކަމަށްވެސް ސިވިލް ކޯޓްގެ ޙުކުމުގައި ވެއެވެ.
ހުޅުމާލެ ބިމުގެ ނަންބަރު 10874 (އަމީން އެވެނިއު ޓީކް) ގޯތީގެ އެއްމެދު ޢިމާރާތުގެ ފްލެޓް ރަޖިސްޓްރީ ނަންބަރު: އ.އ.ހ-03/233-6 ގެ 1175.64 އަކަފޫޓުގެ ނަންބަރު 03-6 ފްލެޓް މި ފްލެޓަށް ނިސްބަތުން ލިބިގެންވާ ބިމާއެކު -/ 2,416,800ރ. (ދެމިލިޔަން ހަތަރުލައްކަ ސޯޅަހާސް އަށްސަތޭކަ) ރުފިޔާގެ އަގަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ގދ. ތިނަދޫ އުޖާލާގެ ޢަބްދުލް މުޣުނީއަށް ވިއްކުމުން މިއަގަށް މި ފްލެޓަށް ނިސްބަތުން ލިބިގެންވާ ބިމާއެކު މިފްލެޓް ޢަބްދުލް މުޣުނީ ގަނެ، މިވިޔަފާރި ޢަޤުދުކޮށް، މިވިޔަފާރީގެ އަގު ޚަލާޞްކޮށްފައިވާތީ، މިވިޔަފާރި ޞައްޙަކަމަށާއި، މިވިޔަފާރީގެ ސަބަބުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލެ ބިމުގެ ނަންބަރު 10874 (އަމީން އެވެނިއު ޓީކް) ގޯތީގެ އެއްމެދު ޢިމާރާތުގެ ފްލެޓް ރަޖިސްޓްރީ ނަންބަރު: އ.އ.ހ-03/233-6 ގެ 1175.64 އަކަފޫޓުގެ ނަންބަރު 03-6 ފްލެޓް ފްލެޓަށް ނިސްބަތުން ލިބިގެންވާ ބިމާއެކު މި ފްލެޓް މިލްކުވެގެންވަނީ ގދ. ތިނަދޫ އުޖާލާގެ ޢަބްދުލް މުޣުނީއަށް ކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
– ސިވިލް ކޯޓްގެ ޙުކުމުގައި ވެއެވެ.
އަމީން އެވެނިއުއިން ދެވަނަ ފްލެޓެއް މުޣުނީ ބައްލަވައިގެންފައިވާއިރު، މެންބަރުކަމށް ވަޑައިގެން އާންމުކުރެއްވި މާލީ ބަޔާނުގައި ވަނީ، އޭނާގެ މިލްކިއްޔާތުގައި 3 މިލިއަން ރުފިޔާގެ އަގުހުރި ފްލެޓެއް އަމީން އެވެނިއުގައި ހުރިކަމަށެވެ. މިއީ މަޖިލީހަށް އިންތިޚާބުވުމުގެ ކުރިން ރައްކާކުރައްވާފައިވާ ފައިސާއިން ބައްލަވާގެންފައިވާ ފްލެޓެއްކަމަށްވެސް މާލީ ބަޔާނުގައި ވެއެވެ.
އެންމެ ފަހުން މުޣުނީ ޢާންމުކުރި މާލީ ބަޔާނުގައި ވަނީ ފާއިތުވި މާލީ އަހަރުގައި އޭނާއަށް މުސާރައާއި އެހެނިހެން ގޮތްގޮތުން 9 ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށެވެ. އަދި ރިންގް ޕްރައިވެޓް ލމޓ ކިޔާ ކުންފުންޏަކުން ޢާމްދަނީގެ ގޮތުގައި 8 ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށެވެ. އަދި 2016 ގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުންވެސް 7 ލައްކައަށްވުރެ ގިނަ ރުފިޔާ މުޣުނީއަށް ލިބިފައިވެއެވެ. މީގެ އިތުރުން އޭނާ ނަންގަވާފައިވާ ބޭންކް ލޯނެއް 1.5 މިލިަން ރުފިޔާ ދަރަނީގެ ގޮތުގައި އޮތްކަމަށްވެސް މުޣުނީގެ މާލީ ހިސާބުތަކުގައިވެއެވެ.
ކޮމެންޓު ފޮނުވާ