ރައީސް އަޒުލް ކުރުމާއިގުޅޭ މައްސަލައިގެ ޝަރީއަތް އަވަސް ކޮށްފި

ރައީސް އަޒުލް ކުރުމާއިގުޅޭ މައްސަލައިގެ ޝަރީއަތް އަވަސް ކޮށްފި

ރައީސް އަޒުލް ކުރުމާއިގުޅޭ މައްސަލައިގެ ޝަރީއަތް މިމަހުގެ 25އަށް ސުޕްރިމް ކޯޓުން ތާވަލު ކުރުމަށްފަހު ސުޕްރިމް ކޯޓުން މައްސަލައިގެ ޝަރީއަތް އަވަސް ކޮށްފިއެވެ. މިމައްސަލައިގެ ފުރަތަމަ ޝަރީއަތް ފުރަތަމަ ތާވަލު ކުރީ މިމަހުގެ 25 ވަނަ ދުވަހުގެހެނދުނު 10:45 އަށެވެ.

އެހެންނަމަވެސް ސުޕްރިމް ކޯޓުން މިހާރުވަނީ މިމައްސަލާގެ ޝަރީއަތް މިމަހުހެ 21ގައި ފަށާގޮތަށް ހަމަޖައްސާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އަޒުލު ކުރުމުގެ ޕްރޮސެސް ބަޔާން ކުރާ މާއްދާތައް ބަދަލު ކުރި މައްސަލަ ސްޕްރީމް ކޯޓުން ބަލައިގެންފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ.

އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅީ މިމަހުގެ 4 ވަނަ ދުވަހު ބަންޑާރަ ނައިބު އޮފީހުންނެވެ.

މަޖިލީހުގެ ގަވައިދުތަކަށް ގެނައި އިސްލާހުތަކަކީ:

  • ގަރާރު ލިބޭތާ ދެ ދުވަސްތެރޭގައި ނޯޓިސް ފޮނުވުން
  • ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބޭއްވުން
  • އެފަދަ މައްސަލައެއްގެ ބަހުސްގެ ވަގުތަކީ ތިން ގަޑިއިރު. ރައީސް ނުވަތަ ނައިބު ރައީސް އަށް ދިފާއުގައި ވާހަކަ ދައްކަވަން ލިބިވަޑައިގަންނަވާނީ 30 މިނެޓު.
  • ތުހުމަތު ދިފާއުކުރެއްވުމަށްޓަކައި ގިނަވެގެން ތިން ވަކީލުން ގެންދެވޭނެ
  • ގަރާރާއި މެދު މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރުމަށް ފަހު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ މައްސަލަ ފޮނުވަން ޖެހޭނީ ކޮމިޓީއަށް
  • އެ ކޮމިޓީގެ މެންބަރުންގެ އަދަދަކީ ހަތެއް

އާންމު ކޮމެޓީން ނިންމާފައި ވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ވަގުތަކު މެންބަރުންގެ ގޮތުގައި ދެމި ތިބި މެންބަރުންގެ އަދަދު އެއީ ޖުމްލަ އަދަދު ކަމަށް ބެލުމަށެވެ.

މަޖިލީހުގެ ގަވާއިދު އޮތް ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސްކުރެވޭނީ މަޖިލީހުގެ ތިން ބައި ކޮށްފައި ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ. އެކަމަކު އާ ސަރުކާރުގެ މަގާމުތަކަށް ވަޑައިގަންނަވަން ހަތް މެމްބަރަކު އިސްތިއުފާ ދެއްވާފައިވާ އިރު، އެ ދާއިރާތަކަށް އާ މެމްބަރުން އިންތިހާބު ކުރާނެ މުއްދަތު ނެތުމުން، މަޖިލީހުގެ ޖުމްލަ އަދަދު ކަނޑައަޅާނެ ގޮތް ބަދަލުކުރުމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހު ވަނީ ފާސްކޮށްފައެވެ. މިއާއެކު، މިހާރު ޖުމްލަ މެމްބަރުންގެ އަދަދަކީ 80 އެވެ.

ނަމަވެސް ސަރުކާރާ ގުޅުނު ހަތް މެމްބަރުންގެ ގޮނޑި ހުސްވި ފަހުން އިދިކޮޅު އެމްޑީޕީގެ ކޮންޓްރޯލުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކީ ޖުމުލަ މެންބަރުން ބަލާނެހަމައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *