މަސްވެރިންނަށް ނުދެވި ހުރި 280 މިލިޔަން ރުފިޔާ މާރޗް 5ގެ ކުރިން ދައްކާ ޚަލާސް ކުރާނެ: ޝިޔާމް

މަސްވެރިންނަށް ނުދެވި ހުރި 280 މިލިޔަން ރުފިޔާ މާރޗް 5ގެ ކުރިން ދައްކާ ޚަލާސް ކުރާނެ: ޝިޔާމް

މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާރޗު މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ދައްކާ ނިންމާނެ ކަމުގައި ފިޝަރީޒް މިނިސްތަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބިގެން ކޫއްޑޫގައި މަސްވެރިން މިއަދު ވަނީ މުޒާހިރާ ކޮށްފައެވެ.

މަސްވެރިން މުޒާހިރާ ކޮށްފައިވަނީ އެ މީހުން ކިރި މަހަަށް ލިބެންޖެހޭ ފައިސާ ނުލިބި ތިން މަހަށް ދިގުލައިގެން ދިޔުމުގެ ސަބަބުންކަމަށް މުޒާހިރާ ކުރި ފަރާތްތަކުން ބުނެފައި ވެއެވެ.

މަސްވެރިން މުޒާހިރާ ކޮށްފައިވަނީ މިނިސްޓަރ ޝިޔާމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ކޫއްޑޫގައި މަސްވެރިން މިވަގުތު ކުރަމުންދާ އިހުތިޖާޖުގެ ބައިވެރިންގެ ނުތަނަވަސް ކަމަކީ މިވަގުތު ސަރުކާރަށް އެކަމެއްގެ ކަންބޮޑުވުން އެންމެބޮޑަށް އޮތް އަދި އެންމެބާރަށް ހައްލު ކުރަން މަސައްކަތް ކުރަމުން ގެންދާ ކަންބޮޑުވުން ކަމުގައެވެ.

އަދި ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ޙައްޤުހޯދަން ކުރާ ސުލްހަވެރި އިހުތިޖާޖުތަކަށް މަރުޙަބާކިޔާނެ ކަމަށާއި، ކޫއްޑުގެ އޮޕަރޭޝަން ކުރިޔަށް ގެންދެވޭނެ މާހައުލެއް އޮތުމަކީ އިހުތިޖާޖުގައި ބައިވެރިނުވާ އެތައް ދޯންޏެއްގެ މަސްވެރިންގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި، އަދި އެ މާހައުލު ޤާއިމުކޮށްދެއްވުމަށް މިވަގުތު އިހުތިޖާޖުގައި ތިއްބެވި މަސްވެރިންގެ އަރިހުން އެދެކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މިސަރުކާރަށް ވާރުތަވީ 250 ވަރަކަށް މިލިޔަން ރުފިޔާ އާއެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާރޗު މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމުގައި ދަންނަވަން. އަދި މަހުގެ އަގު އަޅުގަނޑުމެން މުރާޖާ ކުރި ދުވަހުން ފެށިގެން ކިރުނުމަހަށްވާ 26 މިލިއަން ކޮންމެ ހަފްތާއަކު މިފްކޯއަށް ކިރާ މަހަށް ހަފްތާއެއްތެރޭ ފައިސާ ދެވޭނެ އިންތިޒާމުގެ ތެރެއިން މިހަފްތާ އެފައިސާ މިފްކޯއިން ހަމަޖައްސާނެކަމުގައިވެސް ދަންނަވަން. މަސްވެރިންގެ ކަންކަން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުއިއްޒު ގެންދަވަނީ ވަރަށްގާތުން ބައްލަވަމުން.

ޝިޔާމްގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ޝިޔާމް ވިދާޅުވީ ކޫއްޑޫގައި ތިއްބެވި މަސްވެރިންނާ ބައްދަލުކޮށްލަން ކޫއްޑޫއަށް ދިއުމަށްޓަކައި ށ. އަތޮޅުން ކޫއްޑުއަށް ދަތުރުކުރަމުން ދާކަމަށާއި، މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އަދި މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރާނެ ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *