ހިޔާލުތަފާތުވުމުގެ ތެރޭގައި ދިރިއުޅެން ދަސްކުރަން ޖެހޭ: އަސްލަމް

ހިޔާލުތަފާތުވުމުގެ ތެރޭގައި ދިރިއުޅެން ދަސްކުރަން ޖެހޭ: އަސްލަމް

Author
ހުސެއިން
17 ފެބްރުއަރީ 2024 06:49
0

ހިޔާލުތަފާތުވުމުގެ ތެރޭގައިވެސް ދިރިއުޅެން ދަސްކުރަން އެބަ ޖެހޭ ކަމުގައި މަޖިލިސް ރައީސް މުހަމައްދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވި އައްޑުއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އައްޑޫ ސިޓީގައި ބޭއްވި އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ދިވެހިންނަށް ދުރަށް ދެވިފައިވާ އާދަކާދަތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް އާދައަކީ އެކަކުއަނެކަކާ މުއާމަލާތްކުރުމުގެ އާދަ ކަމުގައެވެ.

އެގޮތުން އަސްލަމް ވިދާޅިވީ ވާދަވެރިކަމާ ޚިޔާލަފާތުވުންތަކަކީ ނަފްރަތާއި ރުޅިވެރިކަން އިސަކުރާންޖެހޭ ކަމެއް ނޫންކަމަށާއި، ޚިޔާލުތަފާތުވުންތަކާއެކީވެސް ދިރިއުޅެން ދަސްކުރަންޖެހޭ ކަމުގައެވެ.

ހިޔާލުތަފާތުވުމުގެ ތެރޭގައި ދިރިއުޅެން ދަސްކުރަން އެބަޖެހޭ. އަދި ހަމަ އެހެންމެ، މި ދިރިއުޅުމާ އެކު އަޅުގަނޑުމެން ގައުމު ދެކެ ލޯބިވާ ދަރިންތަކެއް ކަމުގައި ވާން އެބަޖެހޭ.

އަސްލަމް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ބަލިވުމުން ދަސްކުރަންޖެހޭ ފިލާވަޅަކީ ބަލި ގަބޫލުކޮށް، އަލުން އާ ހިތްވަރަކާއެކީ މޮޅުވާން މަސައްކަތް ކުރުން ކަމަށާއި، މޮޅުވުމަކީ އެކަމަށްޓަކާ ބޮޑާވާންޖެހޭ ކަމެއްވެސް ނޫން ކަމުގައެވެ. އަދި ބަލިވީ މީހުންނަށް އިހުތިރާމްކޮށް، ލިބުނު މޮޅާއެކީ އެ ކާމިޔާބީ ދެމެހެއްޓުމަށް މަސައްކަތް ކުރާންޖެހޭނެކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އަސްލަމްވަނީ ހުރިހާ ދަރިވަރުންނަށްވެސް މަސްތުވާތަކެތީ ވަބާއާއި ދުރަށް ދިއުމަށް ގޮވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.