ޗައިނާގެ ޖައްވީ ކެޕްސޫލް ހަނދުން ސާމްޕަލްތައް ހިފައިގެން ބިމަށް ޖައްސާފަ ވަނީ ޗައިނާގެ ގަޑިން މެންދަމުގެ ވަގުތެއްގައި

ކާމިޔާބު ކަމާއެކީ ޗައިނާއިން ހަނދުން ސާމްޕަލް ބިމަށް ގެނެސްފި

ކާމިޔާބު ކަމާއެކީ ޗައިނާއިން ހަނދުން ސާމްޕަލް ބިމަށް ގެނެސްފި

ގުޅުންހުރި

ހަދުން ހިލަ، ދުނިޔެއަށް ކާމިޔާބު ކަމާއެކީ ގެނައި ދުނިޔޭގެ 3 ވަނަ ގައުމު ކަމުގައި ޗައިނާ ވެގެން ހިގައްޖެއެވެ.

ޗައިނާގެ ސްޓޭޓް މީޑިއާ ޒިންހުއާ އިން އިއުލާން ކޮށްފައިވާ ގޮތުގައި، އެގައުމުން މީހަކާ ނުލާ ހަނދަށް ފޮނުވި އުޅަދު Chang’e-5 ހަނދުން ހިލައިގެ ސާމްޕަލްތައް ހިފައިގެން ކާމިޔާބު ކަމާއެކީ، ބުރާސްފަތި ދުވަހުގެ ހެދުނު ވަނީ ބިމަށް ތިރި ކޮށްފައެވެ.

ޗައިނާގެ Chang’e-5 އުޅަދުން ބިމަށް ހިލަައިގެ ސާމްޕަލްތައް ގެނެސްފައި މިވަނީ، އަދި މިހާތަނަށް އެއްވެސް އުޅަދެއް ހަދުގައި ޖައްސާފައި ނުވާ ސަރަހައްދަކުންނެވެ. އަދި މިއީ، 1970ގެ ފަހުން ހަނދުން ބިމަށް ގެނެވޭ ފުރަތަމަ، ހިލަ ނުވަތަ ވެލީގެ ސާމްޕަލްވެސް މެއެވެ.

ހިލައިގެ ސާމަޕަލްތައް ހިފައިގެން ބިމަށް ދަތުރުކުރި ކެޕްސޫލް ބިމަށް ތިރި ކޮށްފައި ވަނީ، ޗައިނަގެ ގަޑިން މެންދަމު 2:00 ގައެވެ. މި ކެޕްސޫލް ތިރި ކޮށްފައިވަނީ، ޗައިނާގެ އުތުރުން އޮންނަ، އިނަރ މޮންގޯލިއާގައި މުޅިން ވަކިވެފައި އޮންނަ ސަރަހައްދެއް ކަމުގައިވާ، ސިޒިވާންގ ބެނަރ ސަރަހައްދަށެވެ.

ފާއިތުވި ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު، ހިނާން ސަރަހައްދުގައި އޮންނަ ޗައިނާގެ ވެންސަންގ ސްޕޭސްކްރާފް ލޯންޗް ސައިޓުން ހަދަށް އުދުއްސާލި މި އުޅަދަށް ނަން ދީފައިވަނީ، ހަނދުގެ ކަލާންގެ އަށް ޗައިނާ މީހުން ކުރީ ޒަމާންތަކުގައި ނިސްބަތްކޮށް އުޅުމު ނަމުންނެވެ.

މިއުޅަދު، ހަދުގެ، ދުނިޔެއާއި ދިމާލުން އެންމެ ގާތުގައި އޮންނަ ސަރަހައްދު ކަމުގައިވާ އޯޝެނަސް ޕްރޯސެއްލަރަމް (Oceanus Procellarum) ނުވަތަ "އޯޝަން އޮފް ސްޓޯމްސް"ގެ ނަމުން ނަންދެވިފައިވާ ސަރަހައްދަށް ތިރިކޮށްފައިވަނީ މި ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. ހަނދުގެ މި ސަރަހައްދަކީ، އޯޝެނަސް ޕްރޯސެއްލަރަމް ނަމަކަށް ކިޔާ އަޅީގެ ވަރުގަދަ ސާލަކުން ފޮރުވިފައި އޮންނަ ސަރަހައްދެކެވެ. އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފައިވާ ގޮތުގައި، ކަޅު އަނދިރި ސަރަހައްދެއްގެ ގޮތުގައި އޮންނަ މިސަރަހައްދަކީ، ބެލެވޭ ގޮތުގައި، މީގެ އެތައް ޒަމާނެއްކުރިން، ހަނދުގައި ހިގި ޖައްވީ ވަރުގަދަ ގޮވުމެއްގެ ސަބަބުން ވިރިގެން ދިތަ ހިލައިގެ ސަބަބުން ހަނދުގައި ވަކީން ފާހަވާ ގޮތަށް އުފެދިފައި އޮންނަ ސަރަހައްދެކެވެ.

މިސަރަހައްދުން މިގެނެވުނު ސާމްޕަލްތަކުގެ އަލީގައި، ހަނދު އުފެދިގެން އައިގޮތާއި އަދި އަސްލު ދެނެގަތުމަށް ސައިންސް ވެރީންނަށް އެހީތެރި ވެދޭނެއެވެ. އަދި މިއީ، މީގެ އިތުރުން، މިއަށްވުރެ އުދަގޫކޮށް ބިމަށް ގެންނަންޖެހޭ ސާމްޕަލްތައް ބިމަށް ގެނައުމަށާ އަދި މިނޫން ޖައްވީ ޕްލެނެޓްތަކަށް ދިއުމަށް އެޅިގެންދާ ބިންގަލެއްގެ ގޮތުގައިވެސް ޗައިނާގެ އުޅަދުގެ ޖައްވީ މި ދަތުރު ސައިންސްވެރިން ސިފަ ކޮށްފައިވެއެވެ.

ޗައިނާގ ސްޓޭޓް މީޑިއާއިން މައުލޫމާތު ދޭގޮތުގައި، ހަނދުން ބިމަށް ދަތުރު ކުރި މި ކެޕްސޫލް ބިމަށްތިރި ކުރުމާއެކު، ކެޕްސޫލް ގެންދެވޭނީ ޗައިނާގެ ވެރިރަސް ބޭޖިންގ އަށެވެ. އަދި ބޭޖިންގއަށް ގެންދެވި، ކެޕްސޫލް ހުޅުވާ، ހިލައިގެ ސާމްޕަލްތައް ނަގާ، ތަހުލީލު ކުރުމަށްޓަކާ ލެބޯތްރީތަކަށް ގެންދެވޭނެއެވެ.

ޗައިނާގެ ޖައްވީ ކެޕްސޫލް ވެންޗަންގ ޖައްޗީ ސެންޓަރުން ހަނދަށް ދިއުމަށް އުދުއްސާލެވިފައި ވަނީ ފާއިތުވެދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު

ޗައިނާގެ ޖައްވީ އިދާރާ ސީއެންއެސްއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޕެއި ޒައާއޯޔޫ ވިދާޅުވި ގޮތުގައި، ހަނދުން ގެނެވެނު ހިލައިގެ މި ސާމްޕަލްތައް، ތަހުލީލު ކުރުމަށްޓަކާ ދުނިޔޭގެ އެހެން ގައުމުތަކުގެ ސައިސްވެރިންނަށް ފޯރުކޮށް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. ޕެއި އިތުރަށް ވިދާޅުވި ގޮތުގައި، ޗައިނާގެ ސައިންސްވެރިން މިހާރު ގެންދަނީ، ތަހުލީލު ކުރުމުގެ އިތުރު މިޝަންތައް ހަދަށް ފޮނުވުމުގެ ޕްލޭންތައް ހަދަމުންނެވެ. މީގެ ތެރޭގައި ހަދުގައި ސައިންޓިފިކް ރިސާޗް ސްޓޭޝަނެއް ގާއިމްކުރުންވެސް ހިމެނޭކަމަށް އެނާ ވިދާޅުވިއެވެ.

"ސައިޓފިކް ތަހުލީލުތަކާއި އަދި ޓެކްނޮލޮޖިކަލް އެކްސްޕެރިމަންޓްތައް ކުރެވޭނެފަދަ، އެންމެންނަށްވެސް ބޭނުން ކުރެވޭނެ ޕްލެޓްފޯމެއްގެ ގޮތުގައި، އިންޓަރނޭޝަނަލް ލޫނާރ ސައިންޓިފިކް ރިސާޗް ސްޓޭޝަނެއް ހަނދުގައި ގާއިމް ކުރުމަށް އެހެން ގައުމުތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް އަހަރުމެން އުއްމީދު ކުރަން،" އޭނާ ވިދާޅުވިއެވެ.

ޗައިނާގެ މިކާމިޔާބީގެ ކުރިން، މީގެ އެތައް އަހަރެއް ކުރިން އެމެރިކާ އަދި ރަޝިއާއިން ވަނީ ހަދުން ސާމަޕްލްތައް ބިމަށް ގެނެސްފައެވެ.

އެންމެ ފުރަތަމަ ހަދަށް މީހަކު ގެންދިޔަ، އެމެރިކާގެ އެޕޯލޯ ޕްރޮގްރާމުން، 1969 އާއި 1972 އާއި ދެމެދު، އެމެރިކާގެ 12 އެސްޓްރޮނޯޓަކު ވަނީ ހަދުގައި ފައިތިލަ ޖައްސާފައެވެ. އަދި މި ދަތުރުތަކުގައި، އެސްޓްރޮނޯޓުން ވަނީ، ޖުމްލަ 382 ކިލޯ ގްރާމްގެ ހިލައާއި ވެލި ބިމަސް ގެނެސްފައެވެ.

މިހާރުގެ ރަޝިއާ، ކުރީގެ ސޯވިއެޓް ޔޫނިއަންއިން ވަނީ، މީހުންނާ ނުލާ ހަނދަށް ފޮނުވި ރޮބޯޓްތަކެއް ބޭނުން ކޮށްގެން 1970ގެ އަހަރުތަކުގައި ކާމިޔާބު ކަމާއެކު ހަނދުން ބިމަށް ސާމްޕަލްތައް ގެނެސްފައެވެ. އެންމެ ފަހުން ހަދުން ބިމަށް ސާމްޕަލްތައް ގެނެސްފައިވަނީ، ލުނާރ24 އުޅަދުން، ހަނދުގެ މެއަރ ކްރިސިއަމް ނުވަތަ "ސީ އޮފް ކަރައިސެސް" ނަމަކަށް ކިޔާ ސަރަހައްދުންނެވެ. މި ފަހަރު ގެނެވެފިފައިވާ 170.1 ގްރާމްގެ ސާމްޕަލްއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ