ވެލިދޫ ޖޫނިއަ ކޮލެޖް އިމާރާތުގެ ކޮންކްރީޓް މަސައްކަތް ކުރިއަށް

ވެލިދޫ ޖޫނިއަ ކޮލެޖް އިމާރާތުގެ ކޮންކްރީޓް މަސައްކަތް ކުރިއަށް

Author
އަހުމަދު
15 ފެބްރުއަރީ 2024 05:07
0

ނ. ވެލިދޫ ޖޫނިއާ ކޮލެޖް އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ކޮލަމް ކޮންކްރީޓް މަސައްކަތް ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ލީން ކޮންކްރީޓާއި ޓައި ބީމް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 10,276 އަަކަ ފޫޓުގެ އެއް ފަންގިފިލާ ހިމެނޭ އިމާރާތެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މި އިމާރާތުގެ ތެރޭގައި ދެ ކްލާސް ރޫމާއި، އެއް އައިސީޓީ ލެބާއި، އެއް ލައިބްރަރީއާއި ދެ ވޯކްޝޮޕް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 11.91 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.