ޔޫއޭއީގައި ހިންދޫންގެ ޓެމްޕްލްއެއް ހުޅުވުމުގެ ހުއްދަދެއްވި ކަމަށްޓަކާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އަށް ޝުކުރު އަދާކުރައްވައިފިއެވެ. މޯދީ ވިދާޅުވެފައިވަނީ އެއީ އިންޑިއާއަށް އޮތް ލޯތްބާއި އިހުތިރާމް ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
މީގެ އިތުރުން އަބޫދާބީގައި ދެ ބޭފުޅުން ވަނީ ބައިލެޓަރަލް ބައްދަލުވުމެއް ބާއްވައި އެމްއޯޔޫތައް ބަދަލުކުރައްވާފައެވެ.
އަދި ޖެނުއަރީމަހު އިންޑިއާގައި ބާއްވާ ގުޖުރާތު ސަމިޓްގެ ޝަރަފުވެރި މެހެމާނަކަށް ވުމަށް ޔޫއޭއީގެ ރައީސަށް ދެއްވި ދައުވަތު ގަބޫލުކުރެއްވި ކަމަށްޓަކައި މޯދީ އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.
އެންމެ ފުރަތަމަ އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން، ތިޔަބޭފުޅުންގެ ހޫނު މަރްޙަބާއަށްޓަކައި… ޔޫއޭއީއަށް އަންނަ ކޮންމެ ފަހަރަކު ވެސް އަޅުގަނޑަށް އިހުސާސް ކުރެވެނީ އަމިއްލަ ގެއަށް އައިސް، އަމިއްލަ އާއިލާގެ މެމްބަރުންނާ ބައްދަލުކުރަން އައި ހެން.
ބައިލެޓަރަލް ބައްދަލުވުމުގައި މޯދީ ވިދާޅުވި އެވެ.
އަޅުގަނޑު ދެކޭ ގޮތުގައި މިތަނުގައި ޓެމްޕަލްއެއް އެޅުމަކީ އިންޑިއާއަށް އޮތް ލޯތްބާއި ޔޫއޭއީގެ މުސްތަގުބަލަށް ތިޔަ ބޭފުޅުން ގެންގުޅުއްވާ ވިސްނުން ރަމްޒުކޮށްދޭ ކަމެއް. ތިޔަބޭފުޅުންގެ އެއްބާރުލުމާ ނުލައި މިކަން ނުކުރެވުނީސް. އަޅުގަނޑުމެންގެ ފުރަތަމަ ބައްދަލުވުމުގެ ތެރޭގައި، ތިޔަބޭފުޅުން އެކަން ބައްލަވައިދެއްވުމަށް އަޅުގަނޑު ވަރަށް އާދައިގެ ރިކުއެސްޓްއެއް ހުށަހެޅީ، ވަރަށް އަވަސް ނިންމެވުމެއް ނިންމަވައި، "ކޮންމެވެސް ބިމެއްގައި އިނގިލި އަޅުއްވުމުން އެތަނެއް ލިބޭނެކަމަށް ވިދާޅުވި. އެއިން ދައްކުވައިދެނީ، ދެގައުމުގެ ދެމެދުގައި އޮތް ލޯތްބާއި އިތުބާރުގެ އަދި މިއީ ތަފާތު ގުޅުމެއް ކަން.
ޔޫއޭއީގައި ހިންދޫންގެ ޓެމްޕަލްއެއް އެޅުމަށް އެގައުމުން ހުއްދަދިން ދިނުމަށް އިޝާރާތް ކުރައްވާ މޯދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޑިއާ-ޔޫއޭއީގެ ގުޅުމުގެ އަޑިކަން ދެނެގަނެވޭނީ ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި ދެ ލީޑަރުން ފަސް ފަހަރެއްގެ މަތިން ބައްދަލުކުރައްވާފައިވާތީ ކަމަށާއި އެއީ ވަރަށް "ނާދިރު" ކަމެއް ކަމަށެވެ. އަޅުގަނޑަށް ވެސް ހަތް ފަހަރެއްގެ މަތިން މިތަނަށް އައުމުގެ ފުރުސަތު ލިބުނީ، މިއީ އަހަރެމެންގެ ގާތްކަން ރަމްޒުކޮށްދީ އަދި ކޮންމެ ދާއިރާއަކުން ވެސް ކުރިއެރުން ހޯދި ގޮތް. ކޮންމެ ދާއިރާއަކުން ވެސް އިންޑިއާ އާއި ޔޫއޭއީ ގުޅޭ ޕާޓްނާޝިޕެއް އޮވޭ. ވަރަށް މުހިންމު ނިންމުންތަކެއް އަޅުގަނޑުމެން ނިންމަން.
އިންޑިއާއާއި ޔޫއޭއީއާ ދެމެދު އޮތް ގާތް އެކުވެރި ރަހުމަތްތެރިކަމުގެ ގުޅުމަށް އިޝާރާތް ކުރައްވަމުން މޯޑީ ވިދާޅުވި އެވެ.
މޯދީ ޔޫއޭއީއަށް ވަޑައިގަންނަވަނީ ފެބްރުއަރީ މަހުގެ 13 އިން 14 އަށެވެ. އެއަށްފަހު މޯދީ ދޯހާއަށް ވަޑައިގަންނަވާނެ ކަމަށެވެ.