ތަކުރާރުކޮށް އެދުމުންވެސް ކުރީ ސަރުކާރުން މަރާމާތު ނުކުރި އައްޑޫ ސްޓޭޑިއަމް މިސަރުކާރު މަރާމާތު ކޮށްދީފި: ނިޒާރު

ތަކުރާރުކޮށް އެދުމުންވެސް ކުރީ ސަރުކާރުން މަރާމާތު ނުކުރި އައްޑޫ ސްޓޭޑިއަމް މިސަރުކާރު މަރާމާތު ކޮށްދީފި: ނިޒާރު

އެތައް ފަހަރަކު އެދުމުންވެސް ކުރީ ސަރުކާރުން މަރާމާތު ނުކޮށްދި، ފާއިތުވި މަދު ދުވަސްކޮޅު ތެރޭގައި، އައްޑޫ ސްޓޭޑިއަމް މިސަރުކާރު މަރާމާތު ކޮށްދީފި ކަމަށް ވިދާޅުވެ އައްޑު ސިޓީގެ މޭޔަރު އަލި ނިޒާރު ރައީސް ސާލިހުގެ ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ނިޒާރު ރައީސް ސާލިހުގެ ސަރުކާރަށް ފާޑު ވިދާޅުވީ އިއްޔެ އިންޓަ ސްކޫލު އެތްލެޓިކްސް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސްޓޭޑިއަމްއަކީ ފާއިތުވި 10 އަހަރުވެސް އެއްވެސް މަރާމާތެއް ކޮށްފައިވާ ތަނެއް ނޫންކަމުގައެވެ.

މި ސްޓޭޑިއަމްގައި ފާއިތުވި 10 އަހަރު ދަވާދުކޮޅެއް ހާ މިންވަރުވެސް އުގުޅާފަކައެއް ނެތް. ނިމިގެން ދިޔަ ސަރުކާރުގައި އެތައް ފަހަރަކު އެކަމަށް އެދުނިން. މިއީ އައްޑޫއަށް ލިބިފައިވާ އަގުބޮޑު މުދަލަކަށްވާއިރު މި ތަން ވީރާނާވުމަށް ދޫނުކޮށް މިތަން މަރާމާތުކުރުމަށް. އެހެންނަމަވެސް މިދިޔަ ސަރުކާރުގެ ދައުރު ނިމުނީ މިތަނަށް އެއްވެސް ކަމެއް ނުކޮށްކަން ހިތާމައާއި އެކު ފާހަގަކޮށްލަން.

ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ނިމިގެން ދިޔަ އެމްޑީޕީ ސަރުކާރުގައި ވަރަށް ގިނަ ފަހަރު ސްޓޭޑިއަމް ވީރާނާވިޔަ ނުދީ މަރާމާތުކުރުމަށް އެދިފައިވާކަމަށެވެ. އެހެންނަމަވެސް، އައްޑޫގައި އިންޓަ ސްކޫލު އެތްލެޓިކްސް މުބާރާތް ބޭއްވުމަށް ތައްޔާރުވަމުން ދިޔަ އިރު މި ސަރުކާރުން ވަރަށް އަވަހަށް މި މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާކަމަށް ނިޒާރު ވިދާޅުވިއެވެ.

އަޅުގަނޑު މި ފުރުސަތުގައި ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަށާއި ސްޕޯޓްސް މިނިސްޓަރަށް ޝުކުރު ދަންނަވަން.

މި ސަރުކާރުން އައްޑޫ ސްޓޭޑިއަމް މަރާމާދު ކޮށްދިނީތީ ސަރުކާރަށް ޝުކުރު އަދާކުރައްވަމުން ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހިތަދޫ ޒޯން ސްޓޭޑިއަމުގެ އާބާތުރަފިލުވައި، ސްޓޭޑިއަމް މަރާމާތުގެ މަސައްކަތްތައް ކޮށްފައިވާއިރު ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން އެ ސްޓޭޑިއަމުގެ ފުރާޅުން ފެން ލީކުވުމުގެ މައްސަލަ ހައްލަކޮށް، ކުލަލުމުގެ އިތުރުން އިމާރާތުގެ އެތެރެއަށް ފެން ލީކުވާ މައްސަލަ ހައްލަކޮށް، ފެން އެޅުމުގެ ސަބަބުން ހަލާކުވެފައިވާ ސީލިންގްތައް ވަނީ މަރާމާތުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *