އަދާލަތު ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ 4 ކެނޑިޑޭޓުންގެ ފޯމު ހުށަހަޅައިފި

އަދާލަތު ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ 4 ކެނޑިޑޭޓުންގެ ފޯމު ހުށަހަޅައިފި

Author
ހުސެއިން
12 ފެބްރުއަރީ 2024 08:03
0

ވިހި ވަނަ ރައްޖޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީން ވާދަ ކުރާ ހަތަރު ދާއިރާގެ ފޯމް އިލެކްޝަންސް ކޮމިޝަންނަށް ހުށަހަޅައިފިއެވެ.

އަދާލަތު ޕާޓީން މަޖިލީސް އިންތިހާބުގައި ވަދަކުރާ ދާއިރާތަކަކީ ވައިކަރަދޫ ދާއިރާ، މަކުނުދޫ ދާއިރާ، ފުނަދޫ ދާއިރާގެ އިތުރުން، އިނގުރައިދޫ ދާއިރާއެވެ.

އެގޮތުން އަދާލަތު ޕާޓީން މަޖިލީސް އިންތިހާބުގައި ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވަނީ ހުސެއިން ޡަޤީފް ހިސާންއެވެ. މަކުނުދޫދާއިރާއަށް ވާދަކުރައްވަނީ ކުރީގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެވެ. އަދި ފުނަދޫ ދާއިރާއަށް ވާދަކުރައްވަނީ އިސްމާއީލް ހަމީދު އެވެ. މީގެ އިތުރުން އިނގުރައިދޫ ދާއިރާއަށް ވާދަކުރައްވަނީ އިސްމާއީލް އަލީ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުގެ ތާރިހަށް ބަދަލެއް އައިސްފައިވާނަމަ ވެސް އިންތިހާބަށް ކުރިމަތިލުމުގެ އިތުރު މުއްދަތެއް ނުދެއްވާނެ ކަމަށެވެ. އަދި އިންތިހާބަށް ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ ފެބުރުއަރީ 14 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:00 ކަމަށެވެ. އެގޮތުން އިލެކްޝަންސުން ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.