ސައިބޯނި ނަޢީމް އެމްޑީޕީ ދޫކޮށް ޕީޕީއެމަށް!

ސައިބޯނި ނަޢީމް އެމްޑީޕީ ދޫކޮށް ޕީޕީއެމަށް!

Author
މުޙައްމަދު ޖިމީ
16 ޑިސެމްބަރ 2020 03:16
0

އެމް.ޑީ.ޕީގެ އިސް އެކްޓިވިސްޓެއްކަމަށްވާ އަޙުމަދު ނަޢީމް ( ސައިބޯނި ނަޢީމް ) އިދިކޮޅު ޕީޕީއެމްއާއި ގުޅިއްޖެއެވެ. ޕީޕީއެމް އިން ބުނީ އޭނާ އެޕާޓީއަށް ސޮއިކުރީ މިއަދުކަމަށެވެ. ޕީ.ޕީ.އެމް އިން ވަނީ އެޕާޓީގެ ރައީސް، ރައީސް ޔާމީނާއި ލީޑަރޝިޕްގެ ނަމުގައި ނަޢީމަށް މަރުޙަބާ ކިޔާފައެވެ.

ވެރިކަން ކުރާ މައި ޕާޓިން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ނުފުއްދި، ރައްޔިތުން އިތުރަށް ހާލުގައިޖެހެމުންދާކަމަށް ބުނެ އެމްޑީޕީއަށް ތާޢީދުކުރާ ބައެއް މީހުން އަންނަނީ ޚިޔާލުފާޅުކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް ރަޖިސްޓަރ ކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގައިނަމަވެސް، އެޕާޓީގެ މެންބަރުންގެ ޢަދަދު ވަނީ ދަށްވާން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.