ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް އިތުރަށް 14 މިލިއަން ރުފިޔާ ބޭނުންވާކަމަށާއި، އެ ޢަދަދަށް ބަޖެޓް ނުލިބިއްޖެނަމަ އިންތިޚާބުނުބޭއްވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީން ބުނީ އިންތިޚާބު ބޭއްވުމަށް އެކޮމިޝަނަށް މިހާރު ލިބިފައި ވަނީ 51 މިލިއަން ރުފިޔާކަމަށާއި، އެ ޢަދަދަށް ބަޖެޓް ލިބިގެން އިންތިޚާބަށް ބޭނުންވާ އޮފިޝަލުން ހޯދުމަށާއި، އިންތިޚާބާއި ގުޅޭ އެހެނިހެން ކަންކަންކުރުމަށްވެސް ވަރަށް ބޮޑަށް ދަތިވާނެކަމަށެވެ. ކޯވިޑް-19ގެ ޙާލަތުގައި އިންތިޚާބު ބޭއްވުމަށް ބޮޑު ޚަރަދެއް ހިނގާނެކަމަށާއި، އެކަން ރައްޔިތުންގެ މަޖިލީހަށާއި، ފިނޭންސް މިނިސްޓްރީއަށްވެސް އަންގަވާފައިވާނެކަމަށްވެސް އީސީން ބުނެއެވެ.
އެކޮމިޝަނުން ބުނީ އިންތިޚާބު ބޭއްވުމަށްއެންމެ މަދުވެގެން 65 މިލިއަން ރުފިޔާ ބޭޏުންވާކަމަށާއި، ނަމަވެސް މަޖިލީހުން ބަޖެޓް ފާސްވެގެން އާއިއިރު، ބައެއް އުނިކޮށް މިހާރު ލިބިފައިވަނީ 51 މިލިއަން ރުފިޔާކަމަށެވެ.
އަޅުގަނޑުމެން ފޮނުވީ 71 މިލިއަން ރުފިޔާގެ ބަޖެޓެއް. ފައިނޭންސް މިނިސްޓްރީން އަޅުގަނޑުމެންނާ މަޝްވަރާނުކޮށް 19 މިލިއަން ރުރިޔާ އުނިކުރި. އަދި މަޖިލީހުން ފާސްވެގެން އައީ 51 މިލިއަން ރުފިޔާގެ ބަޖެޓެއް. އަޅުގަނޑުމެންގެ އަންދާޒާއަކީ އެންމެ މަދުވެގެން 65 މިލިއަން ރުފިޔާ އިންތިޚާބު ބޭއްވުމަށް ބޭނުންވާކަން.
އިލެކްޝަންސް ކޮމިޝަންގެ މެންބަރަކު ވިދާޅުވިއެވެ.
ލޯކްލް ކައުންސިލްތަކުގެ އިންތިޚާބައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަންނަ އަހަރަށް ފަސްކޮށްފައިވާއިރު، ކުރިން އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ މިއަހަރުގެ އޭޕްރީލް 4 ގައެވެ.
ކޮމެންޓު ފޮނުވާ