އާޒިމާގެ މައްޗަށް ކުރި ހުކުމަށް އަމަލުކުރުން ފަސްކުރަން ސިވިލް ކޯޓުން އަމުރުކޮށްފި

އާޒިމާގެ މައްޗަށް ކުރި ހުކުމަށް އަމަލުކުރުން ފަސްކުރަން ސިވިލް ކޯޓުން އަމުރުކޮށްފި

Author
ހުސެއިން
05 ފެބްރުއަރީ 2024 04:14
0

އިސްލާމިކް ބޭންކަށް 4.1 މިލިއަން ރުފިޔާ ދައްކަން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްފައިވާ ހުކުމަށް އަމަލުކުރުން ފަސްކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

އިސްލާމިކް ބޭންކުން އާޒިމާ ނެންގެވި ލޯނަކަށް ފައިސާ ނުދައްކާ ކަމަށް ބުނެ 4.1 މިލިއަން ރުފިޔާ އެ ބޭންކަށް ދައްކަން ސިވިލް ކޯޓުން މިދިޔަ މަހު ހުކުމްކުރީ އާޒިމާގެ ޣައިރު ހާޒިރުގަ އެވެ.

އެ ހުކުމް މުރާޖާކުރަން އާޒިމާގެ ފަރާތުން ސިވިލް ކޯޓަށް އޮތީ ހުށަހަޅައިފަ އެވެ. އެ މައްސަލަ ނިމެންދެން ހުކުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް އޭނާގެ ފަރާތުން އެދުމުން ސިވިލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވަނީ އެ ހުކުމް މުރާޖާ ކުރުމާ މެދު ގޮތެއް ނިމެންދެން އެ ހުކުމަށް އަމަލުކުރުން ފަސްކުރަން އަންގާ ކަމަށެވެ.

ގާނޫނު އޮންނަ ގޮތުން ޣައިރު ހާޒިރުގައި ކުރާ ހުކުމްތައް މުރާޖާކުރަން އެ މައްސަލަ ނިންމި ކޯޓެއްގައި އެދުމުގެ ފުރުސަތު އޮންނާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.