ދުންފަތު އިސްތިއުމާލް މިހާރު ނުކުރާ ކަމަށާއި މުޅިން ދުންފަތާއި ސިގިރޭޓް އާއިވެސް ދުރުވެފައި ވާކަމަށް މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން ބުނެފިއެވެ.
ފިލްމު ކޮމްޕޭނިއަން އަށް ދިން އިންޓަވިއުއެއްގައި 50 އަހަރުގެ އެކްޓަރު އޭނާގެ އެންމެ ފަހުގެ ފިލްމް "ފައިޓާ" އާއި ބެހޭގޮތުން ވާހަކަ ދައްކަމުން ބުނީ މި ފިލްމަކީ ޖިސްމާނީ ގޮތުން ދުޅަހެޔޮ މީހަކަށްވާން ވަރަށް ބޮޑެތި ފިލާޅުވަޅުތަކެއް ލިބުނު ފިލްމެއް ކަމަށެވެ.
މި ވާހަކަ ތަކުން އޭނާ ސިގިރޭޓް އާއި ދުރަށް ދިއައީ މި ފިލްމް ކުޅޭން ފެށިފަހުން ކަމަށް ގަބޫލު ކުރެވެއެވެ. މީގެ ކުރިން ވައިރަލް ވެފައިވާ ބައެއް ފޮޓޯތަކުގައި ރިތިކް ސިގިރޭޓް ބޯން ހުއްޓައި ވަނީ ފެނިފައިއެވެ.
މި އިންޓަވިއުގައި ވާހަކަ ދައްކަމުން އިތުރަށް ރިތިކް ބުނީ އެފިލްމްގައި އަސްކަރީ ޕައިލެޓެއްގެ ރޯލު ކުޅެން ހަށިގަނޑަށް މުހިއްމު ބޮޑު ތިން ބަދަލެއް ގެންނަން މަސައްކަތްކުރި އިރު، އަމިއްލަ ހަޔާތަށް އައި އެންމެ ހެޔޮ އެއް ބަދަލަކީ ދުންފަތާ ދުރުވުން ކަމަށް ބުންޏެވެ.
ތިރިކް ބުނީ ފައިޓާ ފިލްމްގެ ޝޫޓިންގ ފެށިއިރުގައި އޭނާ އަކީ ސިގިރޭޓް އާންމު އުސޫލުގެ މަތިން ސިނގިރެޓް ބޯ މީހެއް ކަމަށާއި ބްރޭކް ގަޑިތަކުގައިވެސް އޭނާ ސިގިރޭޓް ބުއި ކަމަށެވެ. ނަމަވެސް މަޑުމަޑުން ފިލްމް ނިމުމަކާއި ހިސާބައް އައި އިރުގައި އޭނާ އަކީ ދުންފަތުން ދުރުވެފައިވާ މީހެއް ކަމަށެވެ. އަދި މިހާރު އެއްވެސް ވަރަކަށް ސިގިރޭޓް ނުބޯ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
އާންމުކޮން ބޮލީވުޑްގެ ގިނަ އެކްޓަރުން ނަކީ ސިނގިރޭޓް ބޯ ބައެކެވެ. އެގޮތުން އެކިފަހަރު މަތިން ސްޕަސްޓާރު ޝާހުރުކް ހާން ސިގިރޭޓް ބޮނިކޮން ނަގައިފައިވާ ފޮޓޯ ތަށް ވައިރަލް ވެފައި ވެއެވެ. އަދި ސަލްމާން ޚާނާއި އަޖޭ ދޭވްގަން ގެ އިތުރުން ރަންބީރު ކަޕޫރު ހިމެނެއެވެ. މީގެ އިތުރުން ސިގިރޭޓް ބޯ ބައެއް ބަތަލައިގެން ތެރޭގައި ރާނީ މުކަރުޖީ، ޕްރިޔަންކާ ޗޯޕްރާ އަދި ކަންގަނާ ރަނާވަތް ކަހަލަ އޭލިސްޓްގެ ތަރިން ހިމެނެއެވެ.