އިންޑިޔަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯރާއޭ) ގެ ޤައުމުތަކުގެ މެދުގައި އޮންނަ "ކޯޑިނޭޝަން އެންޑް ކޯޕަރޭޝަން އޮފް ސާޗް އެންޑް ރެސްކިއު ސާވިސަސް އިންދަ އިންޑިޔަން އޯޝަން" ރީޖަންގެ އެއްބަސްވުމުގައި ދިވެހި ރާއްޖެއިން ސޮއިކުރައްވައިފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ. މިއެއްބަސްވުމަކީ ފުރާނަ ސަލާމަތް ކުރުމަށްޓަކައި، ވައިގެ މަގުން އަދި ކަނޑުމަގުން ކުރެވޭ ސާޗް އެންޑް ރެސްކިއު މަަސައްކަތުގައި ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ޤާއިމް ކުރުމަށް ވެވުނު އެއްބަސްވުމެކެވެ.
އަދި މިއެއްބަސްވުމަކީ އިންޑިޔާ ކަނޑުގެ ސާޗް އެންޑް ރެސްކިއުގެ ޚިދުމަތް ދިނުން ވިލަރެސް ކުރުމާއި، އެކަމުގައި އެއްބައިވަންތަކަން ޤާއިމް ކުރުމާއި ބެހޭ އެއްބަސް ވުމެއްކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ހާމަކުރެއެވެ.
ކޮމެންޓު ފޮނުވާ