ޑޮލަރުގެ އަގު ހަމަޔަކަށް އެޅުވުމުގެ މަސައްކަތް ފަށއިފިން: ސައީދު

ޑޮލަރުގެ އަގު ހަމަޔަކަށް އެޅުވުމުގެ މަސައްކަތް ފަށއިފިން: ސައީދު

ރާއްޖޭގައި ޑޮލަރުގެ ވަރުގަދަ ބްލެކް މާރކެޓެއް އުފެދިފައި އޮތްކަން ގަބޫލުކުރަން ޖެހޭ ކަމަށާއި، އެހެންނަމަވެސް ޑޮލަރުގެ އަގު ހަމަޔަކަށް އެޅުވުމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް ކަމުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުން ވަޒީރުންނާއި ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރޭ ބޭއްވި "އަހާ" ޕަބްލިކް ފޯރަމްގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުންނެވެ.

ރޭގެ ފޯރަމްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގެ ކުދި ވިޔަފާރިތަކަށްވެސް މިހާރު ކުރިމަތިވެގެން އުޅެނީ ޑޮލަރުގެ މައްސަލަ ކަމަށާއި، ބްލެކް މާރކެޓެއް އުފެދި ޑޮލަރު ގަންނަން ލިބެނީ ވަރަށް އަގުބޮޑުކަމަށް ކަމަށެވެ.

ކުދި ވިޔަފާރީތަކަށް މިހާރު ޖެހިގެން އުޅޭ މައްސަލައަކީ ޑޮލަރުގެ މައްސަލަ، ޑޮލަރު ގަންނަން ލިބެނީ ވަރަށް އަގު ބޮޑުކޮށް، ބްލެކް މާކެޓެއް އެބައޮތް ވަރަށް ބޮޑަށް އުފެދިފައި، މި ހަގީގަތާ އެބަޖެހޭ ކުރިމަތިލާން، ރައީސްގެ މަސައްކަތްޕުޅުގައި ވަރަށް ޓާގެޑަޓް މަސައްކަތްތަކެއް އެބަހުރި، އިރާދުކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މި ރޭޓް ހަމައަކަށް އެޅުވުމުގެ މަސައްކަތްތައް އަޅުގަނޑުމެން ކުރާނަން. މިހާރު ވެސް އެ މަސައްކަތް ފަށައިގެން މިއުޅެނީ.

ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މި އަހަރު ބްލެކް މާރކެޓް ހަމަޔަކަށް އެޅުވުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމުގައެވެ.

ރާއްޖޭގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލު، މިހާރު އަގުވަނީ 20 ރުފިޔާއާއި ހަމަޔަށް އުފުލިގެން ގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *