ޔޫތު މިނިސްޓްރީގަ އޮތް 160 މިލިއަން ދަރަނީގެ ތެރެއިން 125 މިލިއަން ރުފިޔާ ވަނީ ދައްކާފަ: ސްޕޯޓްސް މިނިސްޓަރު

ޔޫތު މިނިސްޓްރީގަ އޮތް 160 މިލިއަން ދަރަނީގެ ތެރެއިން 125 މިލިއަން ރުފިޔާ ވަނީ ދައްކާފަ: ސްޕޯޓްސް މިނިސްޓަރު

Author
ހުސެއިން
25 ޖެނުއަރީ 2024 09:07
0

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ޔޫތު މިނިސްޓްރީގެ ދާއިރާގެ ހުރި 160 މިލއިަން ރުފިޔާގެ ދަރަނީގެ ތެރެއިން 125 މިލިިއަން ދަރަނި މިހާތަނަށް ދައްކާ ޚަލާސް ކޮށްފައިވާ ކަމުގައި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު މިރޭ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުން ވަޒީރުންނާއި ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވަމުން ގެންދާ ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމްގެ މިރޭގެ އެޕިސޯޑްގައި ވާހަކަ ދައްކަވަމުންނެވެ.
މިރޭގެ ފޯރަމްގައި ވާހަކަ ދައްކަވަމުން ރާފިއު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިފަހުން މިހާތަަނށް 125 މަޝްރޫއެއް ފެށިފައިވާކަމުގައެވެ. އަދި އޭނާ ވިދާޅުވީ ކުޅިވަރުގެ ދާއިރާގައި ހުއްޓިފައިހުރި ހުރިހާ ޕްރޮޖެކްޓް މިހާރު ފެށިގައިވާ ކަމަށާއި، އޭގެ ތެރޭގައި ބޮޑު 4 ޕްރިޖެކްޓެއް ނިމިފައިވާ ކަމުގައެވެ.

އަދި އޭގެ އިތުރުން ބައިނަލްއަގުވާމީ މުބާރާތްތަައް ކުޅެމުންދާއިރު، އެތުލީޓުންނަށް ލިބެންޖެހޭ މެޑިކަލްގެ އަސާސީ ޚިދުމަތް ދެވޭނެ ގޮތް ހަމަޖެހިފައިވާއިރު، ހަފްތާއަކު 3 ދުވަހު ތެރަޕީ ދެވޭނެ އިންތިޒާމްވެސް ހަމަޖެހިގައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ހަފްތާ 14 ނިމިގެން ދާއިރު، ރާއްޖޭގެ ކުޅިވަރުގެ ކަންކަން ޕްލޭން ކުރާންވީ ގޮތް އެގޭނެ ކަމަށާއި، ކިޔަވާކުދިން، ރާއްޖޭގެ މަސްރަޙުން ފެށިގެން އިންޓަރނޭޝަލް ޕޯޑިއަމްތަކާއި ހަމައަށް ދިއުމުގެ މަގު ފެށޭނެ ކަމުގައެވެ. އެހިސާބަށް ގެންދާނެ ގޮތުގެ ދިގު ރާސްތާ ޕްލޭނެއްވެސް ހެދެމުން ދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.