އެމްޑީޕީއާއި ޑިމޮކްރެޓްސްއަށްވެސް ސަރުކާރުގެ ޚާރިޖީ ސިޔާސަތު ގޯސް!

އެމްޑީޕީއާއި ޑިމޮކްރެޓްސްއަށްވެސް ސަރުކާރުގެ ޚާރިޖީ ސިޔާސަތު ގޯސް!

އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ޕާޓީން މި ދަނޑިވަޅުގައި އެކީގައި މަސައްކަތް ކުރުމަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލިހުގައި ކަމަށާއި، އެކީގައި އެއްވެސް ސިޔާސީ މަސައްކަތެއް ކުރުމަށް ނިންމާފައި ނުވާކަން ހާމަކުރުމަށް އެމްޑީޕީއާއި ޑިމޮކްރެޓްސް ޕާޓީން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ދެ ޕާޓީންވެސް އެންމެ ބޮޑަށް ފާޑުކީ މި ސަރުކާރުގެ އެއް ސިޔާސަތަކަށް ވެގެން ދިޔައީ، ރައީސް މުއިއްޒުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުކަމުގައި ދެޕާޓީންވެސް ބުނެފިއެވެ.

އެގޮތުން، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީއާއި ޑިމޮކްރެޓްސް ޕާޓީންވެސް ބުނެފައިވަނީ، ދެޕާޓީން އެކީގައި އެހެން އެއްވެސް ސިޔާސީ މަސައްކަތެއް ކުރުމަށް މަޝްވަރާ ކުރެވިފައި ނުވާކަމަށާއި، ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައިވެސް އެކީގައި ވާދަކުރުމަށް ވާހަކަ ދެކެވިފައިވެސް ނުވާކަމުގައެވެ.

އެހެންނަމަވެސް ދެޕާޓީގެ އިސްވެރިންވެސް ދެއްކެވި ވާހަކާގައިވަނީ، ސަރުކާރުން ގެންގުޅޭ ޚާރިޖީ ސިޔާސަތަށް ވަރަށް ބޮޑު ފާޑު ވިދާޅުވެފައެވެ.

އަދި، ދެޕާޓީގެ ލީޑަރޝިޕުންވެސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ޚާރިޖީ ސިޔާސަތު ދެޕާޓީއަށްވެސް ގަބޫލު ނުކުރެވޭ ކަމަށާއި، ވަކި ގައުމަކާ ޖެހިގަތުމަށް މިސަރުކާރުން ގެންގުޅޭ ސިޔާސަތު ގަބޫލު ނުކުރެވޭކަމަށެވެ.

މިއަދު އަޅުގަނޑުމެން ރާއްޖޭގެ ސިޔާސަތުތަކެއްގެ ސަބަބުން މި އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ރައްކާތެރިކަމަށް އަސަރު ކުރާ ކަހަލަ އަދި މި ސަރަހައްދުން ބޭރުގެ، ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ ސަމާލުކަން މި ސަރަހައްދަށް ގެނެސް، މި ސަރަހައްދުގައި މައްސަލަތަކެއް އުފެދި ގޮސް، މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އަސަރުކުރާނެ ގޮތަކަށް އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންވެގެންދާ ތަން ފެނުމަކީ އެއްވެސް ވިސްނުންތެރިކަމެއް ނެތް ގޮތުގައި އެ ކަންކަން ކުރިއަށް ގެންދަވާ ތަން ފެނުމަކީ ވަރަށް ކަންބޮޑުވާ ކަމެއް.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒު ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވީ މިއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު އަދި ގައުމުގެ މިނިވަންކަމާއި ރައްޔިތުންގެ ގިނަ ކަންކަމާ ގުޅުންހުރި ކަމެއް ކަމަށެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދަ ޑިމޮކްރެޓްސް ރައިސް ހަސަން ލަތީފުވެސް ވިދާޅުވީ ވަކި ގައުމަކާ ޖެހިގަތުމަކީ އެއްވެސް އިރަކު އެޕާޓީން ތާއީދުކުރާ ކަމެއް ނޫންކަމަށާއި، އަބަދުވެސް އެސިޔާސަތާ އެޕާޓީން ދެކޮޅު ކަމުގައެވެ.

އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އެކުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ގުޅިގެން ނެރުނު ނޫސްބަޔާނުގައިވެސް ޕާޓީން ކަންބޮޑުވާކަންކަން ވަނީ ފާހަގަ ކޮށްފައެވެ.

އޭގެ ތެރޭގައިވެސް ފާހަގަކޮށްފައިވާ އެންމެ މުހިއްމު އެއްކަމަކަށް ވެގެންދިޔައީ ސަރުކާރުގެ ޚާރިޖީ ސިޔާސަތެވެ. އެގޮތުން އެ ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ، ސަރުކާރުގެ ހާރިޖީ ސިޔާސަތު އަމާޒުހިފާފައިވާ ގޮތާމެދު ދެޕާޓީގެ ކަންބޮޑުވުން ހުރި ކަމުގައެވެ.

އަދި ވިދާޅުވެފައިވަނީ، މިހާރުގެ ސަރުކާރުން އިންޑިއާ އާ ދެކޮޅުވެރި ސިޔާސަތު ގާއިމުކުރަމުންދާކަމުގެ ކަންބޮޑުވުން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ފާޅުކުރާ ކަމަށާއި، މި ރާއްޖޭގެ އެއްވެސް ތަރައްގީގެ ބައިވެރިއަކާ، ހާއްސަކޮށް، އިންޑިއާ ފަދަ ރާއްޖޭގެ އެންމެ ޒަމާންވީ އެކުވެރި ގައުމަކާ ދުރުވުމަކީ ރާއްޖޭގެ ދެމެހެއްޓެނެވި ތަރައްގީއަށް އިންތިހާއަށް ގެއްލުން ބޮޑުވާނޭ ކަމެއްކަމުގައި ދެ ޕާޓީން ގަބޫލުކުރާ ކަމުގައެވެ.

ދިވެހިރާއްޖެއިން އެންމެ ކުރިއްސުރެ އަމަލުކުރަމުން ދިއަގޮތަށް، ދިވެހިންނަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށްވާ، ތަރައްގީގެ ހުރިހާ ބައިވެރިންނާއެކު މަސައްކަތްކުރަން މިހާރުގެ ސަރުކާރަށް އެނގެންވާނެކަމަށް ދެ ޕާޓީން ގަބޫލުކުރާކަމަށް ބުނެފައި ވެއެވެ. އިންޑިއާ ކަނޑުގެ ސެކިއުރިޓީއާއި ހަމަޖެހުން ގާއިމުވެފައި އޮތުމަކީ ދިވެހިރާއްޖޭގެ ސަލާމަތަށް އިންތިހާއަށް މުހިއްމު ކަމެއްކަމުގައި ވެސް މި ދެ ޕާޓީން ގަބޫލުކުރާކަމަށް ބުނެފައި ވެއެވެ. 

އިދިކޮޅު ދެޕާޓީން އެއްގަލަކަށް އަރާފައިވާއިރު، ބެލެވޭ ގޮތުގައި އެމްޑީޕީއާއި ޑިމޮކްރެޓްސްވެސް އެއްގަލަކަށް އެރުމަށް، ދެ ޕާޓީއަށްވެސް ދެއްކެން އޮތް އެންމެ ބޮޑު ހުއްޖަތަކީވެސް ރައިސް މުއިއްޒުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތެވެ. އެއީ އެމްޑީޕީއާއި ޑިމޮކްރެޓްސްއަކީވެސް އިންޑިއާއަށް ތާއީދުކުރާ ދެގައުމަށް ވުމެވެ.

އަދި އޭގެ ބަދަލުގައި ރައީސް މުއިއްޒުގެ ސަރުކާރުން ޗައިނާއާއެކީ ގުޅުން ބަދަހި ކުރަމުން ދިއުމަކީ، އޭގެ ޒާތުގައިވެސް އިންޑިއާއާއި ގޫޅުން ރަގަޅު ނޫންކަމަށް މޭރުންކޮށްދޭނެ ކަމަކަށްވެސް ވެގެންދާނެތީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *