ގުރައިދޫ މަރުކަޒުގައި ތިބި 19 މީހަކު އަނބުރާ އާއިލާއާއި ހަވާލުކުރަނީ

ގުރައިދޫ މަރުކަޒުގައި ތިބި 19 މީހަކު އަނބުރާ އާއިލާއާއި ހަވާލުކުރަނީ

Author
އައިޝަތު އަޙްމަދު
23 ޖެނުއަރީ 2024 08:57
0

މާލެ އަތޮޅު ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުން ފަރުވާދެމުން އަންނަ 19 މީހަކު އަނބުރާ އާއިލާއާ ހަވާލުކުރަން ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނެފިއެވެ.

އެމިނިސްޓްރީން، ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ޚިދުމަތް ދެމުން އަންނަ 19 ފަރާތެއް އަނބުރާ ޢާއިލާތަކާއި ހަވާލުކުރުމަށްވަނީ ތައްޔާރުވެފައިވާކަމަށެވެ. ކޮންމެ މީހަކީވެސް އުފާވެރި އަބުރުވެރި ރީތި ދިރިއުޅުމެއް ޢާއިލާއާއިއެކު އުޅުމުގެ ހައްޤު ލިބިގެންވާ މީހެއްކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިހާރުވެސް 218 މީހަކު އެބަތިއްބެވެ. އަދި މި މީހުންނަށް ހިދުމަތް ދިނުމަށްޓަކައި އެތަނުގައި 165 މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެ މިނިސްޓްރީން ބުނީ، އެ ފަރާތްތައް އަނބުރާ އާއިލާއާއި ހަވާލުކުރުމަށްފަހު އާއިލާތަކަށް ތަމްރީނު ޕްރޮގްރާމްތައް ދެވޭނެކަމަށާއި، އެއީ އާއިލާތަކުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގޭ ޕްރޮގްރާމްތަކެއްކަމަށެވެ. އެމީހުން އާއިޅާއާއި ހަވާލުކުރިނަމަވެސް ވަކި މުއްދަތެއް ވަންދެން މޮނިޓަރކުރަމުންދާނެކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.