ރައްޔިތަކަށް ފަސޭހައެއް، ލާބައެއް ލިބޭނެ އެއްވެސް ކަމެއްގައި ހުރަހަކަށް ނުވާނަން: އާޒިމް

ރައްޔިތަކަށް ފަސޭހައެއް، ލާބައެއް ލިބޭނެ އެއްވެސް ކަމެއްގައި ހުރަހަކަށް ނުވާނަން: އާޒިމް

Author
ހުސެއިން
23 ޖެނުއަރީ 2024 10:13
0

ރައްޔިތަކަށް ފަސޭހައެއް ލިބޭނެ ލާބައެއް ލިބޭނެ އެއްވެސް ކަމެއްގައި ހުރަހަކަށް ނުވާނެ ކަމުގެ ޔަޤީންކަން ސަރުކާރަށާއި، މުއައްސަސާތަކަށް އަރުވާ ކަމުގައި، މާލޭގެ މޭޔަރުކަމުގެ ހުވާ ރޭ ކުރެއްވި އަދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާދަމް އާޒިމް މިހެން ވިދާޅުވީ، މޭޔަރު ކަމުގެ ހުވާ ކުރެއްވުމަށް، ރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަދަކަވަމުން އާޒިމް ވިދާޅުވީ މިހާރުގެ ރައީސުލްޖުމުހޫރިއްޔާ މޭޔަރުކަމުގައި ހުންނަވައިގެން ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރައްވާ ކަމަށާއި، ލާމަރުކަޒީ ނިޒާމު ފުޅާކުރެއްވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްތަކަށް ފާހަގަކުރައްވާ ކަމުގައެވެ.

އަދި އާޒިމް ވިދާޅުވީ އޭނާ މަސައްކަތް ކުރައްވާނީ އެންމެނާވެސް ގުޅިގެން ކަމުގައެވެ.

އަޅުގަނޑު މަސައްކަތް ކުރާނީ އެންމެންނާއި ގުޅިގެން ޤާނޫނީ އިމުގެ ތެރެއިން. އަޅުގަނޑުގެ އެއްބާރުލުން ސަރުކާރަށް އަދި މުއައްސަސާތަކަށް އަބަދުވެސް ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު އަރުވަން. ރައްޔިތަކަށް ފަސޭހައެއް ލިބޭނެ ލާބައެއް ލިބޭނެ އެއްވެސް ކަމެއްގައި އަޅުގަނޑު ހުރަހަކަށް ނުވާނެ ކަމުގެ ޔަޤީންކަން ސަރުކާރަށާއި، މުއައްސަސާތަކަށް އަރުވަން.

އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އޭނާގެ މަގުސަދަކީ މާލޭ ސިޓީ ކައުންސިލުން ދޭ ޚިދުމަތަކީ ސަލާމް ޖަހަން ނުޖެހި، ފަސޭހަކަމާއެކު ލިބޭނެ ޚިދުމަތަކަށް ހެދުން ކަމަށާއި، މާލެއަކީ ފެހި، ސާފު، ތަނަަވަސް ތަނަކަށް ހައްދަވާދެއްވާނޭ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.