ހުޅުމާލޭ 2ވަނަ ފިޔަވަހީގެ 1500 މީހުންގެ ޖާގައިގެ މިސްކިތް ރޯދައަށް ނިންމަނީ

ހުޅުމާލޭ 2ވަނަ ފިޔަވަހީގެ 1500 މީހުންގެ ޖާގައިގެ މިސްކިތް ރޯދައަށް ނިންމަނީ

Author
އައިޝަތު އަޙްމަދު
19 ޖެނުއަރީ 2024 05:29
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 1500 މީހުންގެ ޖާގައިގެ މިސްކިތް ރަމަޟާންމަހަށް ނިންމާ ބޭނުންކުރަން ފަށްޓަވާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރާތްކުރަމުންދާ މިސްކިތްތަކުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތަށްފަހު މިނިސްޓަރު ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދަން ފަށާ، ނުނިމިހުރި ދާއިމީ މިސްކިތްތަކުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމެވުމަކީ ރައީސް އިސްކަންދެއްވާކަމެއްކަމަށެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ދާއިމީ މިސްކިތްތައް ބިނާކޮށް ނިންމުމުގެ މަސައްކަތް ވަރަށް ގާތުން ބަލަމުންދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތްތަކުން އަޅަމުންދާ 5 މިސްކިތުގެ ތެެރެއިން 1500 މީހުންގެ ޖާގައިގެ ދާއިމީ މިސްކިތް އަންނަ ރަމަޟާންމަހަށް ނިމޭނެކަމަށް ހާމަކުރައްވާފައެވެ. އަދި ބައެއް މިސްކިތްތައް ރޯދައިގެ ފަހަށްވެސް ނިމޭނެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދާއިމީ ހުރިހާ މިސްކިތްތަކެއް ގިނަވެގެން 2 އަހަރު ތެރޭ ނިންމާލެވޭނެކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާބާދީ އަންނަނީ އިތުރުވަމުންނެވެ. މިވަގުތުވެސް ދާއިމީ އެއް މިސްކިތާއި ވަގުތީ ދެ މިސްކިތް އެބަހުއްޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.