2024 ޖަނަވަރީ 13 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި- އިލެކްޝަނުގެ ރަސްމީ ނަތީޖާ އިއުލާން ކޮށްފިއެވެ.
ރަސްމީ ނަތީޖަގައި ވާގޮތުން މޭޔަރ އިންތިޚާބު ކާމިޔާބުކުރި އެމްޑީޕީގެ ކެނޑިޑޭޓަށް ލިބިފައިވަނީ 7621 ވޯޓެވެ. އެއީ ވޯޓު ލީމީހުންގެ %44.81 އެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ޕީއެންސީގެ ކެނޑިޑޭޓު އާޒިމާ ޝަކޫރަށް ލިބިފައިވަނީ 5031 ވޯޓެވެ. އެއީ ވޯޓު ލީމީހުންގެ %29.58 އެވެ.
ދެން އެންމެ ގިނަ ވޯޓު ހޯއްދެވީ ޑިމޮލްރެޓްސްގެ ކެނޑިޑޭޓި މުހައްމަދު ސައިފް ފާތިހުއެވެ. އޭނާއަށް ލިބިލެއްވީ 2343 ވޯޓެވެ. އެއީ ވޯޓި ލީމީހުންގެ %13.79 އެވެ. ރައީސް ޔާމިންގެ ތާއީދާއެކީ ވާދަ ކުރެއްވި ހުސެއިން ވަހީދަށް ލިބިލެއްވީ 1188 ވޯޓެވެ. އެއީ ވޯޓު ލީ މީހުންގެ %10.11 އެވެ.
މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ފުރަހަނި ޝުއައިބުއަށް ލިބިލެއްވީ 125 ވޯޓެވެ. އެއީ ވޯޓިލީ މީހުންގެ %0.73 އެވެ.