ކައުންސިލަރުންގެ ބައި އިލެކްޝަންގައި ދެގޮނޑި ޕީއެންސީއަށް އެއްގޮޑި އެމްޑީޕީއަށް

ކައުންސިލަރުންގެ ބައި އިލެކްޝަންގައި ދެގޮނޑި ޕީއެންސީއަށް އެއްގޮޑި އެމްޑީޕީއަށް

މިއަދު ބޭއްވުނު މާލޭސިޓީ ކައުންސިލް މެމްބަރުންގެ ބައި އިލެކްޝަންގައި ދެގޮނޑި ޕީއެންސީން ކާމިޔާބު ކޮށްފައިވާއިރު، އެއް ގޮނޑި އެމްޑީޕީން ކާމިޔާބު ކުރިމަކަށް އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

އެގޮތުން ހެންވޭރު ދެކުނު ދާއިރާ ޕީއެންސީގެ ކެނޑިޑޭޓް ރިޝްފާ ކާމިޔާބު ކޮށްފައިވާއިރު، މާފަންނު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީވެސް ޕީއެންސީގެ ހަސަން ނިޒާމްއެވެ. އެހެންނަމަވެސް މެދު ހެންވޭރު ދާއިރާގެ ގޮނޑި 15 ވޯޓުގެ ތަފާތުން ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް ރިޟުވާން ރަޝީދެވެ.

ކައުންސިލްގެ ގޮނޑި ކާމިޔާބު ކެއްވި ކެނޑިޑޭޓުންނަށް ލިބުނު ވޯޓު:

އާމިނަތު ރިޝްފާ އާދަމް (ޕީއެންސީ) – 411 ވޯޓު

ހަސަން ނިޒާމް (ޕީއެންސީ) – 383 ވޯޓު

އަހުމަދު ރިޟުވާން ރަޝީދު (އެމްޑީޕީ) – 320

މިއަދު ބޭއްވުނު މޭޔަރ ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމްއެވެ.

މާލޭސިޓީ މޭޔަރުކަމަށް އާޒިމް އިންތިޚާބުވެވަޑައިގެންނެވީ ވޯޓުލީ މީހުންގެ %45 އާއެކުއެވެ. އާޒިމްއާ އެންމެ ކައިރިން ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރެވެ.

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، އާޒިމް ވަނީ 7،621 ވޯޓު ހޯއްދަވައިފައެވެ. އެއީ، ވޯޓުލުމުގެ ހައްގު ލިބިފައިވާ 54،680 މީހުންގެ ތެރެއިން ވޯޓުލާން ނުކުތް 17،500 މީހުންގެ ތެރެއިންނެވެ.

މޭޔަރުކަމަށް އާޒިމްގެ އިތުރުން ވާދަކުރެއްވި ބޭފުޅުންގެ ނަތީޖާތައް:

  • އާއިޝަތު އާޒިމާ ޝަކޫރު – ޕީއެންސީ – ލިބުނު ވޯޓު: 5،032
  • ޝުއައިބު އަލީ (ފުރަހަނި) – އަމިއްލަ ގޮތުން – ލިބުނު ވޯޓު: 125
  • ހުސައިން ވަހީދު – ޕީއެންއެފްގެ ތާއީދާއެކު އަމިއްލަ ގޮތުން – ލިބުނު ވޯޓު: 1،888
  • މުހައްމަދު ސައިފް ފާތިހު – ދަ ޑިމޮކްރެޓްސް – ލިބުނު ވޯޓު: 2،336

 އިންތިޚާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދު ވުމުގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަން (އީސީ)ން ވެސް ފާޅުކުރައްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *