ފަހެއް ޖެހިއިރު ކިއުގައި ބަޔަކު ނެތުމުން ގިނަ ވޯޓު ފޮށިތައް ބަންދުކޮށް ވޯޓު ގުނަން ތައްޔާރު ވެއްޖެ

ފަހެއް ޖެހިއިރު ކިއުގައި ބަޔަކު ނެތުމުން ގިނަ ވޯޓު ފޮށިތައް ބަންދުކޮށް ވޯޓު ގުނަން ތައްޔާރު ވެއްޖެ

ފަހެއް ޖެހުމާ އެކުގައި ކިއުގައި ބަޔަކު ނެތުމުން ބައެއް ވޯޓު ފޮށިތައް ބަންދު ކޮށް ވޯޓު ގުނަން ތައްޔާރު ވެއްޖެއެވެ.

ވޯޓު ގުނަން ފަށާނީ ފޮށި ބަންދު ކުރާތާ ބައިގަޑިއިރު ފަހުންނެވެ. ތަރުހީބު ކުޑަ އިންތިޚާބެއްގެ ގޮތުގައި ބެލެވުނު މިއަދުގެ ބައި އިލެކްޝަންގައި، ހަވީރު ފަހެއް ޖެހުމާ އެކުގައި ކިއުތައް ބަންދު ކުރަން ވަނީ ފަށާފައެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރި ހިސާބުތަކަށް ބަލާއިރު، 4:30 އާއި ހަމައަށްވެސް ވޯޓުލާފައި ވަނީ 14،605 މީހުންނެވެ. މިއީ ވޯޓުލެވޭ މީހުންގެ %26.08 މީހުންނެވެ. އޭގެ ތެރޭގައޖ ހިމެނެނީ 7،945 ފިރިހެނުންނާއި 6،660 އަންހެނުންނެވެ.

މާލޭގެ މޭޔަރާއި އެ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފެށީ މިއަދު ހެނދުނު 8:00 ގައެވެ.

މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި އާޒިމާ އާއި އާޒިމްއާ އެކުގައި ފަސް ކެންޑިޑޭޓުން ވާދަކުރައްވައެވެ. ދެން މި އިންތިހާބުގައި ވާދަކުރައްވަނީ ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހް (އައިކޮ) އާއި އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދާއި ޝުއައިބު އަލީ އެވެ.

މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމަށް އިންތިހާބުވެވަޑައިގެން، ވެރިކަމުގެ ހުވާ ކުރެއްވުމުންނެވެ. އަދި ސިޓީ ކައުންސިލްގެ ތިން ގޮނޑި ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *