ރައީސް ޔާމިންގެ ތާއީދުއޮތް މިނިވަން ކެނޑިޑޭޓް ހުސައިން ވަހީދުވެސް ވޯޓު ލައްވައިފި

ރައީސް ޔާމިންގެ ތާއީދުއޮތް މިނިވަން ކެނޑިޑޭޓް ހުސައިން ވަހީދުވެސް ވޯޓު ލައްވައިފި

Author
ހުސެއިން
13 ޖެނުއަރީ 2024 11:23
0

މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި، ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ތާއިދާއެކު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވޯޓު ލައްވައިފިއެވެ.

ލޭގެ މޭޔަރާއި އެ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފެށީ މިއަދު ހެނދުނު 8:00 ގައެވެ. މި އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 5:00 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި އާޒިމާ އާއި އާޒިމްއާ އެކުގައި ފަސް ކެންޑިޑޭޓުން ވާދަކުރައްވައެވެ. ދެން މި އިންތިހާބުގައި ވާދަކުރައްވަނީ ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހް (އައިކޮ) އާއި އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދާއި ޝުއައިބު އަލީ އެވެ.

މާލޭގެ އެކި ދާއިރާތަކުން ވޯޓު ދިނުމުގެ ހައްގު 54،680 މީހަކަށް ލިބިފައިވެއެވެ. މާލޭގެ ހުރިހާ ސްކޫލެއްގައި ހެން ވޯޓުލުމަށްޓަކައި ވޯޓު ފޮށިތައް ވަނީ ބަހައްޓައިފައެވެ.

މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމަށް އިންތިހާބުވެވަޑައިގެން، ވެރިކަމުގެ ހުވާ ކުރެއްވުމުންނެވެ. އަދި ސިޓީ ކައުންސިލްގެ ތިން ގޮނޑި ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.