ރާއްޖޭގައި މޫނު ބުރުގާ އަޅާ އަންހެނުންނަށް ތައުލީމުގެ ފުރުސަތު ބަންދުވެފައި އޮތްވާ ފަހިކޮށްދިނީ އޭނާ ކަމުގައި ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބި އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާ މިހެން ވިދާޅުވީ ސަންގު ޓީވީގެ "އާސްކް އާޒިމާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މިހާރުގެ ޔުނިވާސިޓީ އޭރުގެ މައުހަދަށް މޫނުބުރުގާ އަޅައިގެންދާން ފެށީމަ އެކަން ނަޝީދުގެ ވެރިކަމުގައި އޮތީ މަނާ ކޮށްފައި ކަމުގައެވެ. އެހެންނަމަވެސް ރައީސް ވަހީދުގެ ސަރުކާރު ބަންޑާރަ ނައިބް ކަމާ ހަވާލުވުމަށްފަހު އެކަން ބަދަލު ކުރެއްވީ ކަމުގައި އާޒިމާ ވިދާޅުވިއެވެ.
މިއަދު މިހާތަނަށް އައިއިރު ވަރަށް ހަނދާން ހުންނަ އެއް ކަމެއް، ރާއްޖޭގައި މޫނު ބުރުގާ އަޅާ އަންހެނުންނަށް ތައުލީމުގެ ފުރުސަތު ބަންދުވެފައި އޮތްވާ ފަހިކޮށްދިނީ އަޅުގަނޑު، އެއީ 2012 ވަނަ އަހަރު އަޅުގަނޑު ރައީސް ވަހީދުގެ ސަރުކާރު ބަންޑާރަ ނައިބް ކަމާ ހަވާލުވިއިރު ރައީސް ނަޝީދުގެ ސަރުކާރުގައި ކުރައްވާފައި އޮތް ކަމެއް މިހާރުގެ ޔުނިވާސިޓީ އޭރުގެ މައުހަދަށް މޫނުބުރުގާ އަޅައިގެންދާން ފެށީމަ އެކަން މަނާ ކުރެއްވި.
ރައީސް ނަޝީދުގެ ސަރުކާރުގައި މޫނުބުރުގާ އަޅައިގެން އަންހެނުން މައުހަދަށް ދިޔުން މަނާކޮށްފައި ކޯޓުގައި މައްސަލަ އޮތްވާ އާޒިމާ ބަންޑާރަ ނައިބަކަށް ވަޑައިގެން އެ ފުރުސަތު މޫނުބުރުގާ އަޅާ އަންހެނުންނަށް ފަހިކޮށްދީފައިވެއެވެ.
އާޒިމާ ވިދާޅުވިގޮތުގައި އެދުވަހު އެމީހުންގެ ހައްޤުގައި ނުތެދުވިނަމަ މިއަދު މޫނުބުރުގާ އަޅާ ކުދިން ތައުލީމާއި ވަޒީފާގެ ފުރުސަތްތަކުން މަހުރޫމްވެގެންދާނެއެވެ. އެހެންކަމުން މިއީ އޭނާއަށް ކުރެވުނު ވަރަށް މުހިންމު ސޯޝަލް ޚިދުމަތެއް ކަމުގައި އާޒިމާ ޤަބޫލުފުޅު ކުރައްވައެވެ.