މިއަދު ހަވީރު 6 ގެ ފަހުން ކެމްޕޭން ކުރުން މަނާ!

މިއަދު ހަވީރު 6 ގެ ފަހުން ކެމްޕޭން ކުރުން މަނާ!

މާލޭސިޓީ މޭޔަރއަދި މާލޭސިޓީ ކައުންސިލަރުންގެ ބައި-އިލެކްޝަން ގައި ބައިވެރިވެވާ ކެންޑިޑޭޓުން މިއަދު ހަވީރު 6:00 ފަހުން ކެންޕެއިން ކުރުމަކީ މަނާ ކަމެއް ކަން އިލެކްޝަންސް ކޮމިޝަން، އީސީން އިއުލާން ކޮށްފި އެވެ.

މިކަން އިއުލާން ކޮށް އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވަނީ، މާލޭސިޓީ މޭޔަރއަދި މާލޭސިޓީ ކައުންސިލަރުންގެ ބައި-އިލެކްޝަން ގައި ބައިވެރިވެވާ ކެންޑިޑޭޓުންގެ ޙައްޤަށް އުނިކަން އަންނަ ފަދަ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުން ކުރުން މަނާ ކަންތައްތައް އެއްވެސް ފަރާތަކުން ނުކުރުމަށް އެދިފައެވެ.

ޚާއްޞަގޮތެއްގައި ބްރޯޑްކާސްޓަރުން އެކަންކަމަށް ސަމާލުކަން ދިނުމަށް ހަބީބު ވަނީ އެދިލައްވާފައެވެ.

"މިއަދު 18:00 އާ ހަމަޔަށް، ކެމްޕޭނުގެ ޙަރަކާތްތައް ނިންމާލުމުގައިވެސް، ސިޔާސީ ޕާޓީތަކުންނާއި، ކެންޑިޑޭޓުންނާއި، ސަޕޯޓަރުން، ސުލޫކީ މިންގަނޑު ދަމަހައްޓަވައި، ހިތްގައިމު، ސަޅި ކެމްޕޭނަކުން ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ހިތް ފަތަޙަ ކުރެއްވުން އެދެން. މިއަދުގެ 18:00 ގެ ފަހުން ކެމްޕޭން ކުރުމަކީ މަނާކަމެއް." ހަބީބު ވިދާޅުވި އެވެ.

ހުސްވެފައިވާ މާލޭ މޭޔަރ ކަމުގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން މާދަމާ ބާއްވާ އިރު، އެ އިންތިޚާބުގައި ޖުމްލަ 5 ކެންޑިޑޭޓެއް ބައިވެރިވެއެވެ.

އެއީ، ޢާޒިމާގެ އިތުރުން، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްއާއި، ޑިމޮކްރެޓްސް ގެ ޓިކެޓްގައި ވާދަކުރައްވާ މިހާރު މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ އިތުރުން އަމިއްލަގޮތުން ވާދަކުރާ ފުރަހަނު ޝުއައިބުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *