ކުރިޔަށް އޮތް މާލޭ ސިޓީގެ މޭޔަރ ބައި އިލެކްޝަންގައި މާލޭގެ މޭޔަރުކަމަށް އިންތިޚާބުވެއްޖެނަމަ، ވަކި ޕާޓީއެއްގެ ކުލަޔަކަށް ބެލުމެއްނެތި، ހަމަހަމަކަމާއެކު ކައުންސިލުން ރައްޔިތުންނަށް ޚިދުމަތް ލިބިގެންދާނޭ ކަމުގައި ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާކުރައްވާ ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ރޭ ކުރިޔަށްދިޔަ ސަންގު ޓީވީގެ މޭޔަރު ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
އަޅުގަޑު ދިވެހި ރައްޔިތުންނަށް ދޭނެ ޔަގީންކަމަކީ އަޅުގަޑުގެ މޭޔަރުކަމުގައި ވަރަށްބޮޑު އިސްކަމެއް ދޭނަމޭ އިންސްޓިޓިއުނަލައިޒް ކުރަން. ގާނޫނޫ އަސާސީއެއް އެކުލަވާލެވިގެން، ގާނޫނުތަކުގެ ތެރެއިން ކުރަންހުރި މަސައްކަތްތަކުގެ ވާހަކަ އަޅުގަޑުމެން ދައްކައިފިން. އެމަސައްކަތްތައް ކުރުމަށްޓަކާ މިސާލަކަށް ބޮންޑް ނުވަތަ ސްޓޮކް އެކްސްޗޭންޖު ރެގިއިލޭޓްކުރާކަމަށް ވަންޏާ ފައިނޭންޝަލް ރެގިއުލޭޝަން މެކޭނިޒަމެއް ވަންނަން ޖެހޭ. މިނިވަން މުސްތަގިއްލު މުވައްސަސާއަކަށް ކައުންސިލް ވާކަމަށް ވަންޏާ، މުވައްޒިފުންނަކީ މިނިވަންކަމާއެކު މަސައްކަތްކުރެވޭ، ކައުންސިލްގެ ބާރުގެ ދަށުގަ ތިބެވޭ ބަޔަކަށް ވާންޖެހޭ. ކޮންމެ މީހަކު މޭޔަރުކަމަށް އަޔަސް ރައްޔިތުންނަށް ތަފާތުކުރުމެއްނެތި ޚިދުމަތް ލިބެންޖެހޭ.
ރޭގެ ސަންގު ބަހުސްގައި އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ އެކަމަނާ ދައުރު ފުރިހަމަ ކޮށްފައި ދާއިރު، ދެން އަންނަ މީހަކު ގާނޫނާއި ގަވާއުދުތައް އިތުރަށް ފުރިހަމަ ކުރަން ނުޖެހޭވަރަށް ސިޓީ ކައުންސިލް އިންސްޓިޓިއުޝަނަލައިޒް ކޮށްދޭނެ ކަމުގައެވެ.
ކުށުގެ ވެށި ރަގަޅު ކުރެވެންޖެހޭ. މިކަންތައް ކުރުމަށްޓާކާ ވަރަށް މުހިންމު މަސައްކަތެއް ކައުންސިލް އިންޓިޓިއުޝަނަލައިޒް ކުރުމަކީ. އަޅުގަޑު ދޭނެ ޔަގީންކަމަކީ އަޅުގަޑުގެ ދެއަހަރު ބައި ނިމިގެންދާއިރު، ކޮންމެމީހަކު ކައުންސިލަށް އައިި ނަމަވެސް، ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި ކުލައިގެ ތަފާތު ކުރުމެއް ނެތި ކޮންޓިނިއަސްލީ ޚިދުމަތް ލިބި މާލެއަކީ ރައްކާތެރި ކަމާއެކު 21 ވަނަ ގަރުނުގެ ކެޕިޓަލް ސިޓީއަކަށް ހެދުމަށްޓަކާ ބޭނުންވާ އިންސްޓިޓިއުޝަނަލައިޒޭޝަން އަޅުގަޑު ގާއިމް ކޮށްދޭނަމޭ. އަޅުގަޑު އިރާދަ ކުރެއްވިއްޔާ ފައިބައިދާއިރު ދެން ޝަކުވާކުރާކަށް ނުޖެހޭނެއޭ.
އާޒިމާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ