ނައިބް ރައީސްގެ މޮންޓެނީގްރޯ ދަތުރުފުޅަށް ހަރަދުވީ 589،736 ރުފިޔާ

ނައިބް ރައީސްގެ މޮންޓެނީގްރޯ ދަތުރުފުޅަށް ހަރަދުވީ 589،736 ރުފިޔާ

ގުޅުންހުރި

މިދިޔަ މަހުގެ ފަހުކޮޅު، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މޮންޓަނޭގްރޯ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ހަރަދުވީ 589،736ރ. ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން ހާމަ ކުރި މައުލޫމާތަށް ބަލާއިރު، އެންމެ ބޮޑު ހަރަދެއް ދިޔައީ ޓިކެޓަށެވެ. އެގޮތުން ބިޒްނަސް ކްލާސްގައި ދަތުރު ކުރެއްވުމަށް ޓިކެޓަށް 492،746ރ. ހަރަދުވެފައިވެއެވެ. ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުގައި ނައިބު ރައީސްއާ އެކުގައި ފަސް ބޭފުޅުން ވަޑައިގެންނެވިއެވެ.

ހަރަދުތަކުގެ ތަފްސީލް

  •  ބިޒްނަސް ކްލާސް ފަސް ޓިކެޓް – 492،746.10 ރުފިޔާ
  •  ފަސް ބޭފުޅުންގެ ޕޮކެޓް މަނީ – 64،638 ރުފިޔާ
  •  ފަސް ބޭފުޅުންގެ ފަރިއްކޮޅު (މޮންޓިނީގްރޯ) – 23،823.72 ރުފިޔާ
  •  ފަސް ބޭފުޅުންގެ ފަރިއްކޮޅު (އިސްތަންބުލް) – 7،895.07 ރުފިޔާ
  •  ވިސާ ހަރަދު – 633.76 ރުފިޔާ

ނައިބު ރައީސް މޮންޓެނޭގްރޯއަށް ވަޑައިގެންނެވީ އެ ގައުމުގެ ޑަންލޮވް-ގްރަޑްގައި ބޭއްވި މޮންޓަނޭގްރޯގެ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓަނޭގްރޯގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

އެމަނިކުފާނު މި ކޮންގްރެސްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވީ، ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޮރ ސެކިއުރިޓީ، އިންޓަނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި ޑިމޮކްރެޓިކް މޮންޓަނޭގްރޯގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ އެލެކްސާ ބެޗިޗްގެ ދައުވަތަކަށެވެ.

މި ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުމާއެކު ގައުމުގެ މިސްރާބު ބައްޓަންކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް ބަހާއި އަމަލުން ޑިމޮކްރަސީގެ ރޫހަށް ތަބާވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރާއްޖެއާއި މޮންޓަނޭގްރޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ 24 ނޮވެންބަރު 2009 ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ