ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން މަގުމައްޗަށް ނުކުންނާނީ އަަޅުގަނޑު: އާޒިމް

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން މަގުމައްޗަށް ނުކުންނާނީ އަަޅުގަނޑު: އާޒިމް

Author
ހުސެއިން
06 ޖެނުއަރީ 2024 10:33
0

މާލެއަށް ކުރިމަތިވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މަގުމައްޗަށް ނިކުންނަވާނީ ސީދާ އޭނާ ކަމުގައި އެމްޑީޕީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ، އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މިރޭ ކުރިޔަށްދިޔަ ޕީއެސްއެމް މޭޔަރު ބަހުސްގައި ވާހަކަ ދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުވާނީ ސީދާ މޭޔަރު މަގުމައްޗަށް ނިކުންނަވައިގެން ކަމަށާއި، މާލޭގެ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޓީމްތައް ގޮވައިގެން މަގުމައްޗަށް ނިކުންނަވާނީ ސީދާ އޭނާ ކަމުގައެވެ.

އާދަމް އާޒިމް ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ކުރާނެކަމަށް ބުނެ ދޮގު ހައްދައިގެން އެމައްސަލަ ހައްލު ނުކުރެވޭނެކަމަށާއި، އެމައްސަލަ ހައްލު ކުރެވޭނީ އެކަން ހައްލުކުރަންތިބި މީހުން އިޚްލާސްތެރިކަމާއެކު އެ މަސައްކަތަށް ނިކުންނަވައިގެން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.