އާޒިމާއަށް ވޯޓު ދޭންވީ ސަބަބުތަކާމެދު އެއްވެސް ސުވާލެއް ނެތް: ޚަލީލު

އާޒިމާއަށް ވޯޓު ދޭންވީ ސަބަބުތަކާމެދު އެއްވެސް ސުވާލެއް ނެތް: ޚަލީލު

މާލޭ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ޝަކޫރު ހޮވުމަށް ވޯޓު ދޭންވީ ސަބަބުތަކާއި ގުޅޭގޮތުން އެއްވެސް ސުވާލެއް ނެތްކަމުގައި ހެލްތު މިނިސްޓަަރ ޑރ. ޚަލީލް ވިދާޅުވެއްޖެއެވެ.

ޑރ. ޚަލީލު މިހެން ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރ ބައި އިލެކްޝަންގައި ޕިއެންސީގެ ޓިކެޓްގައި ވާދަކުރާ އާޒިމާ ޝަކޫރުގެ މެނިފެސްޓޯ ލޯންޗުކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޚަލީލު ވިދާޅުވީ ޖީއެމްއާރުއަތުން އެއަރޕޯޓު އަތުލުމަށާއި، އަދި ޗާގޮސްގައި މައްސަލާގައި ގެއްލުނު ކަނޑި އަނބުރާ ހޯދުމަށްވެސް އާޒިމާ ގައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމުގައެވެ.

އަދި އޭގެ އިތުރުންވެސް ޤާނޫނެއް ވުޖޫދުވުމުގެ ކުރިން ޕެރޯލްގެ ނިޒާމެއް ޑިޒައިންކޮށްދެއްވާ ތައާރަފްކޮށްދެއްވި ކުޅަދާނަ ކަނބަލަކީވެސް އާޒިމާ ކަމުގައިވެސް ޑރ. ޖަލީލު ވިދާޅުވިއެވެ.

ޑރ. ހަލީލް ވިދާޅުވީ މާލޭ މޭޔަރުކަމުގެ ގޮނޑި އާޒިމާއަށް ކާމިޔާބު ކުރެވިއްޖެނަމަ، އެކަމަނާގެ ފަރާތުން މިފަދަ އެތައް ގައުމީ ޚިދުމަތްތަކެއް އެމަނާގެ ކިބައިން ފެނިގެންދާނެ ކަމުގައެވެ.

ޖީއެމްއާރު އަނބުރާ ހޯދުމުގައި ޤާނޫނީ ގޮތުން ކުރަންޖެހުނު ހުރިހާ މަސައްކަތެއްގެ އެންމެ ވަރުގަދަ މަސައްކަތްޕުޅުތަކެއް ކުރެއްވީ އެކަމަނާ… އެކަމަނާއަށް ވޯޓުދޭން ޖެހޭ ކަންތައްތަކާ އަޅުގަނޑުމެންނަށް ސުވާލެއް ނެތް.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޚަލީލް ވިދާޅުވިއެވެ.

ޚަލީލް އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުން ނިގުޅައިގަތް އެތަކެއް ހައްގުތަކެއްގެ ގާނޫނީ ހައްލު ހޯއްދަވާދެއްވުމަށްވެސް އާޒިމާ ގިނަގުނަ މަސައްކަތަކެއް ކޮށްދެއްވާފައިވަކަމަށެވެ.

ޤާނޫނީ ގޮތުން މިކަމުގައި ހުރި ދެކޮޅު ނުޖެހޭ ކަންތައްތައް، ކުރީގެ ސަރުކާރުން ކުރެއްވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ދެކޮޅު ނުޖެހޭ ކަންތައްތައް، ދިވެހިން އަތުން އެ ނިގުޅައިގަތް ހައްޤުތައް ބަޔާންކޮށްދެއްވައި ޤާނޫނީ ގޮތުން މިކަމަށް ހައްލެއް ހޯދިދާނެކަން ޤާނޫނުތަކުގެ ޒަރީއާއިން އެކަމަނާ ވަނީ ދިވެހި ރައްޔިތުންނަށް ސާބިތުކޮށްދީފައި.

ޑރ. ޚަލީލު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *