ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓު ޕްރައިމަރީއަކާ ނުލައި 36 ބޭފުޅަކަށް ލިބިވަޑައިގެންފިއެވެ.
އެމްޑީޕީން ބުނީ މަޖިލިސް ޕްރައިމަރީއަށް ހުޅުވާލި ފުރުޞަތުގައި 36 ދާއިރާއެއްގެ ޓިކެޓު ޕްރައިމަރީއަކާ ނުލައި ކަށަވަރުވެފައިވާކަމަށެވެ. އޭގެ ތެރޭގައި މިހާރުގެ 19 ވަނަ މަޖިލިސް ތަމްސީލް ކުރައްވާ ބައެއް މެންބަރުންނާއި، އަލަށް ވާދަކުރައްވާ ފަރާތްތައްވެސް ހިމެނެއެވެ.
1- ހޯރަފުށި ދާއިރާ: މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް (ހޯރަފުށި ސަލީމް)
2- އިހަވަންދޫ ދާއިރާ: މުހައްމަދު އާރިފް
3- ވައިކަރަދޫ ދާއިރާ: މިހާރުގެ ވެސް މެންބަރު ހުސައިން ޒިޔާދު
4- މަކުނުދޫ ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
5- މިލަންދޫ ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަލީ ރިޒާ
6- ފުނަދޫ ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު
7- ހޮޅުދޫ ދާއިރާ: އަހުމަދު ފާތިހް
8- ދުވާފަރު ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު
9- ތުޅާދޫ ދާއިރާ: މުހައްމަދު ޝަފީގް
10- ހިންނަވަރު ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު
11- މާފުށި ދާއިރާ: މުހައްމަދު ލުތުފީ
12- ތުލުސްދޫ ދާއިރާ: ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
13- މާމިގިލި ދާއިރާ: އަލީ ރަމީޒް
14- ދިއްގަރު ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު އިކްރާމް ހަސަން
15- މީދޫ ދާއިރާ: އިޔާސް އިސްމާއިލް ލަތީފް
16- ގުރައިދޫ ދާއިރާ: ހަސަން ޝިނާން
17- ފޮނަދޫ ދާއިރާ: ހުސައިން އަބޫބަކުރު
18- ދާންދޫ ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ
19- ގެމަނަފުށި ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަހުމަދު ސައީދު
20- ކޮލަމާފުށި ދާއިރާ: ސައްޔާހް ހަލީލް
21- ތިނަދޫ އުތުރު ދާއިރާ: އަހްމަދު ގައިސް
22- ފަރެސްމާތޮޑާ ދާއިރާ: އަހްމަދު ޒައީމް
23- ގައްދޫ ދާއިރާ: އަހްމަދު ސައީދު މުހައްމަދު
24- ފުވައްމުލަކު މެދު ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ
25- ހިތަދޫ އުތުރު ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަދި މަޖިލިސް ރައީސް މުހައްމަދު އަސްލަމް
26- ހިތަދޫ ދެކުނު ދާއިރާ: މިހާރު ވެސް މެންބަރު އިބްރާހިމް ނާޒިލް
27- މެދު ހެންވޭރު ދާއިރާ: އިބްރާހިމް އަލީ ޖަލީލް
28- ހެންވޭރު ދެކުނު ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު ހުސައިން ޝަމީމް
29- ގަލޮޅު އުތުރު ދާއިރާ: މުހައްމަދު އިބްރާހިމް
30- ގަލޮޅު ދެކުނު ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް
31- މައްޗަންގޯޅި އުތުރު ދާއިރާ: ލިރުގާމް ވަހީދު
32- މައްޗަންގޯޅި ދެކުނު ދާއިރާ: ކުރީގެ މެންބަރު އަބްދުﷲ ސިނާން
33- މާފަންނު ހުޅަނގު ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް
34- މާފަންނު މެދު ދާއިރާ: އަހުމަދު އާމިރު
35- މާފަންނު ދެކުނު ދާއިރާ: ހަސަން އިއާދު ސަލީމް
36- މައްޗަންގޯޅި މެދު ދާއިރާ: ކުރީގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން
މީގެ ތެރޭގައި މިހާރުގެ މަޖިލީހުގެ 16 މެންބަރުން ހިމެނިވަޑައިގަންނަވައެވެ.
އެމްޑީޕީން ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް ވާދަކުރަން ނިންމާފައެވެ.