މުސާރަ ބޮޑު މަޤާމުތަކަށް ވަކި ޤައުމެއްގެ ބަޔަކު އައްޔަންކުރަމުންދާކަމުގެ ތުހުމަތު ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ކުރައްވައިފިއެވެ.
ޝިޔާމް މިހެން ވިދާޅުވެފައިވަނީ ވެލާނާ އިންތަރނޭޝަންލ އެއަރޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލްގެ އޯރަޓް ޑައިރެކްޓަރގެ މަޤާމަށް އިންޑިއާގެ މަޖޫ ޗެރިއަން އައްޔަންކުރެއްވުމާއި ގުޅުގެން ކުރެއްވި ޓްވީޓެއްގައެވެ.
ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޤާބިލް އެތައް ދިވެހިންނެއް ތިބިއިރު، އަނެއްކާވެސް އެތައް ދިވެހި ދަރިވަރުންގެ ވަޒީފާ ގެއްލިފައިވާ މިދަނޑިވަޅުގައި ދައުލަތުގެ ކުންފުނިތަކުގެ އެންމެ ބޮޑެތި މުސާރަދޭ މަޤާމުތަކަށް ބިދޭސީން އައްޔަންކުރަމުން އަންނަކަމަށެވެ. ޚާއްޞަކޮށް ވަކި ޤައުމެއްގެ ބަޔަކަށް ވަޒީފާ ދެމުން އަންނަކަން ފާހަގަކުރައްވާ އެކަމުގެ ކަންބޮޑުވުން ޝިޔާމް ވަނީ ފާޅުކުރައްވާފައެވެ.
މިދަފަ ދަނޑިވަޅެއްގައި ދައުލަތުގެ ކުންފުނިތަކުގެ އެންމެ ބޮޑެތި މުސާރަދޭ މަޤާމުތަކަށް ބިދޭސީން، ޚައްޞަކޯށް ވަކި ޤައުމެއްގެ ބަޔަކު ޖަމާކުރާ ކުރުމާދޭތެރޭ ނުހަނު ކަންބޮޑުވޭ
-ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް
Qaabil ethah Dhivehi dharinneh thibba anekka ethah Dhivehi dharinnehge vazeefa gellifaiva mi dhandivalhugai dhaulathuge kunfunithakuge emme bodethi musaara dhey maqaamuthakah bidheyseen haassakoh vaki qaumehge bayaku jamakura kurumaa dheytherey nuhanu kanboduvey @ibusolih pic.twitter.com/j75rE6OVJY
— Ahmed Shiyam (@Shiyamaldives) December 14, 2020
މިސަރުކާރުން އިސް ފަންތީގެ ވަޒީފާތަކަށް ޚާއްޞަކޮށް ކުންފުނިތަކުގެ މަތީ މަޤާމުތަކަށް އިންޑިއާ ރައްޔިތުން އައްޔަންކުރާކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
ޝިޔާމް މިހެން ވިދާޅުވެފައިވާއިރު، އެމްއޭސީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު ކަމަށް އިނގިރޭސިވިލާތުގެ ބޭފުޅެއްކަމަށްވާ ގޯޑަން އެންޑްރޫ ސްޓީވާޓް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
ކޮމެންޓު ފޮނުވާ