އާޒިމާ ކެމްޕެއިންގައި.

އާޒިމާގެ މޭޔަރު ކަމުގައި ވެޓް ސެންޓަރަކާއި ބުޅާ ޝެލްޓާއެއް!

އާޒިމާގެ މޭޔަރު ކަމުގައި ވެޓް ސެންޓަރަކާއި ބުޅާ ޝެލްޓާއެއް!

ކުރިއަށް އޮތް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، މާލޭގައި ވެޓް ސެންޓަރަކާއި ބުޅާ ޝެލްޓާއެއް ހެދުމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މޭޔަރު ކަމަށް ވާދަ ކުރައްވަން ނިންމަވާފައިވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވައުދުވެވަޑައިގެންފިއެވެ.

މި މަހުގެ 13 ވަނަ ދުވަހު، މާލޭގެ މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރައްވާ އެންމެ ވަރުގަދަ އެއް ކެންޑިޑޭޓު އާޒިމާ ގެންދަވަނީ ކޮންމެ ދުވަހަކުހެން، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ އެކި ގޭގެއަށް ވަޑައިގެން ވަރަށް ފުރިހަމަ ކެމްޕެއިނެއް ކުރައްވަމުންނެވެ. މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ފޯރި އާއި ޖޯޝުގައި ކެމްޕެއިން ކުރައްވަނީ ވެސް ބައި އިލެކްޝަންގައި ވާދަކުރައްވާ ހަމައެކަނި އަންހެން ކެންޑިޑޭޓު އާޒިމާއެވެ.

އާޒިމާގެ ސޯޝަލް މީޑިއާގެ އެކައުންޓުތަކުގައި ގެންދަނީ އާޒިމާގެ އެކިއެކި ވައުދުތައް ހާމަކުރަމުންނެވެ. އެގޮތުން އާޒިމާގެ އެއް ވައުދަކީ ވެޓް ސެންޓަރަކާއި ބުޅާ ޝެލްޓާއެއް ގާއިމު ކުރުމެވެ. މިއީ ފަރުވާގެ ހިދުމަތްތަކާ އެކުގައި ގާއިމު ކުރާ ވެޓް ސެންޓަރަކާއި ބުޅާ ޝެލްޓާއެއް ކަމުގައި އާޒިމާގެ ޓީމުން ބުނެއެވެ.

މާލެ ސިޓީގައި ބުޅާ ގިނަވެ، ގިނަ އަދަދެއްގެ ރައްޔިތުންނަށް އެކަމުގެ އުނދަގޫ ބޮޑުވެފައިވާ އިރު، އެއީ މިހާތަނަށް އައިއިރު ވެސް ހައްލު ނުވެ އޮތް މައްސަލައެކެވެ. މި މައްސަލަ ހައްލު ކުރަން މާލެ ސިޓީ ކައުންސިލުން ވެސް މަސައްކަތް ކުރިއެވެ. އެކަމަކު، އެކަމުގެ އަމަލީ ސިފައެއް އަދިވެސް ނުޖެހެއެވެ.  މާލޭގައި ބުޅާ ގިނަވެ، ގިނަ ބަޔަކަށް އުނދަގޫވާތީ ވިލިމާލޭގައި ބުޅާތައް ބައިތިއްބާނެ ތަނަކާއެކު ވެޓް ސާވިސް ކްލިނިކެއް ވިލިމާލޭގައި އިމާރާތް ކުރުމަށް ސިޓީ ކައުންސިލުން ފާސް ވެސް ކުރިއެވެ.

ބުޅަލުގެ ސަބަބުން މާލޭގެ މަގުތައް ނަޖިސްވުމުގެ އިތުރުން އާންމުންގެ ބައެއް މުދާ ވެސް ބައެއް ފަހަރު ހަޑިވާ ފަހަރު އާދެއެވެ. މާލޭގެ މަގުމައްޗަށް ނެރެފައި ހުންނަ ކުނި ކޮތަޅު ފަޅާލައި، މުޅި ސަރަހައްދު ހަޑި ކުރުމަކީ ވެސް ބުޅާތައް ކުރާ ކަމެކެވެ. މާލޭގެ މަގުމަތީގައި ބުޅާ ގިނަވުމަކީ އާންމުން އިންތިހާ އަށް ކުރާ ޝަކުވާއެކެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *