މާލެ ތަރައްޤީ ކުރެވޭނީ ސަރުކާރުގެ ތާއީދު އޮތް ކެންޑިޑޭޓަކު ހޮވައިގެން: އާޒިމާ

މާލެ ތަރައްޤީ ކުރެވޭނީ ސަރުކާރުގެ ތާއީދު އޮތް ކެންޑިޑޭޓަކު ހޮވައިގެން: އާޒިމާ

Author
ހުސެއިން
31 ޑިސެމްބަރ 2023 12:00
0

ސަރުކާރުގެ މާސްޓާރ ޕްލޭނައި އެއްގޮތަށް މަސައްކަތް ކޮށްގެން ނޫނީ މާލެއަށް ދިމާވެފައިވާ މައްސަލަތަކެއް ހައްލެއް ނުކުރެވޭނެ ކަމަށާއި، މާލެ ތަރައްގީ ކުރެވޭނީ ސަރުކާރުގެ ތާއީދު އޮތް ކެނޑިޑޭޓަކު މާލޭގެ މޭޔަރުކަމަށް އިންތިޚާބު ކޮށްގެން ކަމުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެނޑިޑޭޓު އާޒިމާ ޝަކުރު ވިދާޅުވެއްޖެއެވެ.

މިރޭ ސަންގު ޓީވީން ކުރިޔަށް ގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން އާޒިމާ ޝަކުރު ވިދާޅުވީ މާލެއަށް ދިމާވެފައިވާ ގިނަ މައްސަލަތަކެއް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ހައްލުކުރާނެ ގޮތްތައްވެސް އެނގިވަޑައި ގަންވާކަމަށް އާޒިމާ ޝަކޫރު ޝުކޫރު ވިދާޅު ވެއްޖެއެވެ.

މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ އާއި މަގުތައް އަލުން ރީއްޗަށް ޒަމާނީ ފެންވަރަށް ހެދުމާއި އަދި މީހުން ހިތްހަމަޖެހޭ ތަނަކަށް  މާލެ ހެދުން ފަދަ ހުރިހާ ކަމެއްވެސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގެ ޕްލޭނުގައި ހިމެނިފައިވޭ.

މިރޭގެ ބަހުސްގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވިއެވެ.

މިރޭ ބަހުސްގައި ވާހަކަ ދައްކަވަމުން އާޒިމާ ވަނީ، މާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރާނޭ ގޮތްތަކުގެ މައްޗަށާއި، އަދި އޭގެ އިތުރުންވެސް، ސަރުކާރުގެ މާސްޓަރ ޕްލޭންގައި މާލޭގެ މައްސަލަތަކަށް ހައްލު ހޯދުމަށް އެކަށައަޅާފައިވާކަންކަމުގެ މައްޗަށް ބައްލަވާލައްވާ ވާހަކަ ދައްކަވާފައެވެ.

މިރޭގެ ބަހުސްގައިވެސް އެމްޑީޕީގެ ޓިކެޓްގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދައްކުރައްވާ އާދަމް އާޒިމް ބައިވެރިވެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވައްލަ
ޙައްޤު ތެދެއް